ކޮންޓުރޯލެއް ނުކުރެވޭނެ! ކޮންޓުރޯލެއް ނުކުރެވޭނެ!: މާލޭ މޭޔަރ
ރައްޔިތުން މަގުމަތީގައި ތިބެ އެއް އަޑަކުން ގޮވަމުންދަނީ އެކައްޗެއް ކަމަށް މާލެ ސިޓީގެ މޭޔަރ އޮނަރަބަލް އާދަމް އާޒިމު ވިދާޅުވެއްޖެއެވެ. މޭޔަރ ވިދާޅުވާ ގޮތުގައި އެންމެން އެއް އަޑަކުން ގޮވަމުން ދަނީ " ކޮންޓުރޯލެއް ނުކުރެވޭނެ. ކޮންޓުރޯލެއް ނުކުރެވޭނެ. " ކަމަށެވެ
މޭޔަރ ވިދާޅުވަނީ " އެއީ މިނިވަން ހިޔާލުގެ ވާހަކަ. މިނިވަން ދުލުގެ ވާހަކަ. މިނިވަން ގަލަމުގެ ވާހަކަ " ކަމަށެވެ. މޭޔަރ އާޒިމު ވިދާޅުވަނީ އެއް އަޑަކުން އެގިވަނީ ނޫސްވެރި ކަމުގެ ވާހަކަ ކަމަށާއި ބަސްބުނުމުގެ ހައްގުގެ ވާހަކަ ކަމަށެވެ.
މަގުމަތީގައި ތިބެ އެއް އަޑަކުން ގޮވަމުން އެދަނީ އަޅުވެތިކަމުގެ ކުރިމަތީގައި ދިވެހިން ކުޑަކަކޫ ނުޖަހާނެ ކަމުގެ ވާހަކަ ކަމަށާއި ރައްޔިތުން އޮބިއަޅާ ނުހިފެހެއްޓޭނެ ވާހަކަ ކަމަށްވެސް އާޒިމު ވިދާޅުވިއެވެ.
ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް މިއަދު ފާސް ކުރި ގާނޫނުން ނިގުޅައި ގެންފިކަމަށްވެސް މޭޔަރ އާދަމް އާޒިމް ވިދާޅުވެއެވެ. އެތައް ދުވަހެއްގެ މިންނެއް މަސައްކަތާއި އެތައް ބައެއްގެ ގުރުބާނީން ހޯދި މިނިވަންކަމުގެ ހައްގު އަދުގެ ސަރުކާރުން ނިގުޅައިގަތީ ދިވެހިންގެ އާދޭސްތަކަށް ބީރު ކަންފަތެއްދީ ރައްޔިތުން މަގުމަތިކޮއްފައި ކަމަށްވެސް އާޒިމް ވިދާޅިވިއެވެ.
މީޑިއާ ކޮންޓްރޯލް ބިލް ފާސްކޮށް ތަސްދީގު ކުރިޔަސް އެ އަނިޔާވެރި ގާނޫނަށް ބޯނުލެބުމަށް މޭޔަރ އާޒިމް ވަނީ މީގެ ކުރިން އިލްތިމާސް ކުރައްވާފައެވެ.

