100އަށް ވުރެ ގިނަ ދިވެހިން ކޮޗިން އެއަރޕޯޓްގައި ހާލުގައިޖެހި ވާނުވާގައި
އިއްޔެ މެންދުރުފަހު ކޮޗިނުން މާލެއަށް ދާން އޮތް މޯލްޑިވިއަން ފްލައިޓުން ދަތުރުކުރަން ދިޔަ 150 ވަރަކަށް މީހުން ވާނުވާ ނޭގި ހާލުގައި ޖެހިއްޖެއެވެ.
މޯލްޑިވިއަން ފްލައިޓުގައި ކޮޗިނުން މާލެ ދާމީހުން ބޯޓަށް އެރުވީ އިއްޔެގެ މެންދުރު ފަހު އެކެއްޖެހި އިރުއެވެ. ފްލައިޓް ނައްޓާލަން ޝެޑިއުލްކޮށްފައި އޮތީ 2 ޖަހާއިރަށެވެ. ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލައިޓް ނުފުރި ހުރިހާ ޕެސެންޖަރުން އިރުއޮއްސި ހަތެއް ޖަހަންދެންތިބީ ފްލައިޓްގައެވެ.
6 ގަޑިއެއްއްހާއިރު ފަސިންޖަރުން ފްލައިޓުން ބާލާ ހޮޓަލަކަށް ގެންދެވުނު އިރު ރޭގަނޑު 10 ޖަހާ ބޮޑުވެއްޖެއެވެ. ހޮޓަލުގައި ޕެސިންޖަރުން ތިއްބާ ހެދުނު 6 ޖަހާއިރު ފުރޭނެ ކަމަށް ބުނެ ފަތިސް ދަންމަތިގައި ހޮޓަލުން ވަނީ ޗެކްއައުޓް ކޮށްފައެވެ.
ފަސިންޖަރުން ހޮޓަލުން ޗެކްއައުޓް ވީއްސުރެ ތިބީ ވާނުވާގައެވެ. ބޮޑެތި އޮޕަރޭޝަންކޮށްފައި ތިބި ބަލި މީހުންނާއި ތުއްތުކުދިންނާއި އެކިވަރުގެ 150 ވަރަކަށް ފަސިއްޖަރުން އަދިވެސް ތިބީ ކައިބޮއި ހެދޭނެ ގޮތެއް ނެތިފައެވެ. ގައިންތާހިރު ވެވޭނެގޮތެއް ނެތި ފައެވެ. ފުރޭނެ އިރެއް ނޭނގި ހާލުގައިޖެހި ގޮތް ހުސްވެފައެވެ.
މޯލްޑިވިއަންގެ ފަރާތުން ފަސިންޖަރުންގެ ހާލަތަށް އެއްވެސް އަޅާލުމެއް ނުލިބޭކަމަށް ހާލުގައިޖެހިފައިވާ ދިވެއްސަކު މައުލޫމާތު ދިނެވެ.


