ސަންދާނު ލުތުފީ މަރާލަން ރައީސް ނަޝީދު އުޅުއްވިކަމުގެ ތުހުމަތެއް

ސަންދާނު ލުތުފީ މަރާލަން ރައީސް ނަޝީދު އުޅުއްވިކަމުގެ ތުހުމަތެއް

ވަރަށް ބޮޑަށް ރޭވިގެން އިބްރާހީމް ލުތުފީ މަރާލުމަށް ދިން ހަމަލާއަކުން ސަލާމަތް ވެއްޖެކަމަށް އޭނާ ބުނެފިއެވެ. ސްވިޒަލޭންޑްގައި ދިރިއުޅޭ ސަންދާނު ލުތުފީ އެހެން ބުނީ މިއަދު އެކްސްގައި ކޮށްފައިވާ  https://x.com/i/status/2078699442296045645 ޕޯސްޓްގައެވެ.

އޭނާ ބުނެފައިވަނީ " 18 ޖުލައި 2026 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 10:49 ހާއިރު، ސުވިޒަލޭންޑުގެ ބާސެލްގައި އަޅުގަނޑު މަރާލުމަށް ދިން ވަރަށް ބޮޑަށް ރޭވިފައިވާ ނުރައްކާތެރި ހަމަލާއަކުން މާތްﷲގެ ރަޙްމަތްފުޅުން ސަލާމަތްވެއްޖެ" ކަމަށެވެ. 

"މިއީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން،  ކްރިމިނަލް ގޭންގް މެދުވެރިކޮށް ހިންގާފައިވާ ކަމެއް" ކަމަށް ސަންދާނު ލުތުފީ ބުނެފައިވެއެވެ. 

ސަންދާނު ލުތުފީގެ ނުރައްކާތެރި ތުހުމަތަށް އެއްވެސް އެއްޗެއް ރައީސް ނަޝީދު އަދި ވިދާޅެއްނުވެއެވެ. އެފަދަ ހާދިސާއެއް ހިނގައިގެން އެކަމުގެ ތަހުގީގު ސްވިޒަލޭންޑް ފުލުހުން ހިންގަމުންދާ ކަމެއްވެސް ސާފެއް ނޫނެވެ.