ނުފޫޒެއްނެތި މުއިއްޒު ބަހާނީ ވުޖޫދުގައި ނެތް ފްލެޓްތަކެއް

ކުރީސަރުކާރުގެ 9004 ގޯއްޗާއި 4000 ފްލެޓް ނުދީ އޮވެ 13000 އާއިލާ ވަނީ މަގުމަތި

ނުފޫޒެއްނެތި މުއިއްޒު ބަހާނީ ވުޖޫދުގައި ނެތް ފްލެޓްތަކެއް
މުއިއްޒު| ކުރީ ސަރުކާރު ފްލެޓެއްގާ

މުއިއްޒެވެވެ. ނޭޝަން ޗެޓްގައިވިޔަސް އެހެންތާކުވިޔަސް ހަމަޖެހޭ ވާހަކައެއް ދައްކާށެވެ. ވެރިކަމެއް އޮތީތީ ހިތުހުރި އެއްޗެއް ކިޔާ ހެއްޖަކަސް ކަމަކު ނުދާނެއެވެ. ވުޖޫދުގައިވެސް ނެތްކަންކަމުގެ ވާހަކަ ތިޔަ ދައްކަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. ކުލީ ގަލަންތަކުން ކިތަންމެ ފަލަކޮށް ސުރުހީ އެޅިޔަސް ހަގީގަތް އޮޅޭހާ ރައްޔިތުން ގަމާރެއް ނޫނެވެ. 

މާތްކަލާކޯއެވެ. ނުފޫޒެއްނެތި ދޭވާހަކަ ތިޔަ ބުނަނީ ކާކު ކޮންތާކު އެޅި ފުލެޓްތަކެއްގެ ވާހަކަ ހެއްޔެވެ. ވެރިކަމެއް ދެބައިވެ ނިމެންދާއިރު ބޯހިޔާވަހިކަމަށް ފްލެޓެއް އަޅަން ސިމެންތި ހަންޖެއްހާ ހިސާބު ވެސް މުއިއްޒުވެރި ކަމުގައި ބާއްވާ ނުލެވެއެވެ. ފުލެޓެއް ނާޅާ ހުރެ އިންސާފުން ވެސް ބޭއިންސާފުން ވެސް މީހަކަށް ދެވޭނެ ފްލެޓެއް ނުހުންނާނެއެވެ. 

ވެރިކަން ދެބައިވެގެން ދިޔައިރުވެސް ކުރީ ސަރުކާރުން އަޅާ ނިންމާފައިވާ 4000 ފްލެޓާއި ދޫކޮށްފައިވާ 9000 ގޯތި އަދިވެސް ތިޔަ އުޅެނީ ހަވާލު ނުކުރެވިގެންނެވެ. ދައުލަތް ދަވާލުމުގައި ރޮކެޓްގެ ދުވެލިހުއްޓަސް ހިދުމަތް ދިނުމުގައި ފިނިހަކު ދުވެލީގައި ހިނގާ ސަރުކާރަކަށް ފްލެޓެއް އަޅައިގެން ރައްޔިތަކަށް ބަކީއޮތް ދެއަހަރު ތެރެއަކު ނުދެވޭނެއެވެ.  

ރައްޔިތުންގެ ތެރެއަށް ނިކުމެ ހިޔާވަހިކަމޭ ފްލެޓޭ ގޯއްޗޭ މުއިއްޒު ކިޔުމަކީ ރައްޔިތުނަށް ކުރާ މަލާމާތެކެވެ. ހަނގާކުރުމެކެވެ. ބަހަނާ ސަރުކާރުން ފުލުފުލުގައި ދައުލަތުގެ ބަޖެޓް ބަހަނާއެއް ނުދައްކާ ކައިހުސްކުރާހެން ބަހަނާ ނުދައްކާ ރައްޔިތުންނަށް ކަންކަން ކޮށްދިންނަމަ ކަންކަން ހުރީހީވެފައެވެ. ކަމެއް ނުކުރެވުނަސް ކަންކަން ކުރާހާ ފައިސާ މުއިއްޒު ސަރުކާރުން ތަޅާބުރުއްސައިފިއެވެ.  

ބޭނުން ކަންކަން ކުރަންވީމާ ބަހަނާ ނުއޮންނަކަން ފުށިދިއްގަރުފަޅު ހިއްކަން އުޅޭ ގޮތުން ސާފުވެއެވެ. ކުރަން ބޭނުންވީމާ މާލޭގެ ކާރޫބާރޫ ބޮޑު އުތުރުފަރާތު މެރިންޑްރައިވް ވެސް އެބަ ހެދެއެވެ. އެކަމަކު ކުރީ ސަރުކާރުން ދިން 9004 ގޯތީގެ ތެރެއިން ނުހިކިއޮތް 6000 ގޯތި ވެރިކަން ނިމެންދާއިރުވެސް ކަނޑުފަޅުވެގެން ހިއްކުނު ކަމަކަށް ނުވިއެވެ. 

މުއިއްޒުގެ ކުޑަވެސް އިހުލާސްތެރިކަމެއް ހުރިނަމަ ކުރީސަރުކާރުން އަޅާފައިވާ 4000 ފްލެޓާއި 9004 ގޯތި މީހުންނާ ހަވާލުކޮށްފީހެވެ. އެކަމުގެ ސަބަބުން ހިޔާވަހިކަން ނެތިފާ ތިބި 1300 އާއިލާއަށް ހިޔާވަހިކަން ލިބޭނެތާ ކިތަންމެ ދުވަހެކެވެ.