އަދިވެސް އޮތީ ބޯވަތަށް ޖަހާފައި އޮތް އިގުތިސޯދެއް: ޔާމީނު
އެއްސަރުކާރުން އަނެއް ސަރުކާރަށް ދަރަނި ވާރުތަވާނެ
ފިޗްރޭޓިން ތަންފުކެއް މައްޗަށް ޖެހިލައިގެން ޕީއެންސީގެ ވެރިން މަތިހަށި ނަގާތީ ހޫނު ރައްދެއް ކުރީގެ ރައީސް އަބްދުއްލާ ޔާމީނު އަބްދުލްގައްޔޫމް ވަނީ ދެއްވާފައެވެ.
ކުރީގެ ރައީސުން ގައުމު ދަރުވާލާފައި އޮތް އޮތުމުން ރައީސް މުއިއްޒު ގައުމު ސަލާމަތްކޮށްފިކަމަށް ބުނެ ޕީއެންސީން ފަތުރާ ބުހުތާނު ބަހަނާއަށް ރައްދުދެއްވާ ރައީސް ޔާމީނު ވިދާޅުވީ ރާއްޖޭގައި އަދިވެސް އޮތީ ބޯވަތަށް ޖަހާފައިވާ އިގުތިސޯދެއް ކަމަށެވެ.
ރައީސް ވެރިކަމަށް އަންނަނީ ހަމައެކަނި ދަރަނި އަދާކުރުމަށް ނޫން ކަމަށާއި ލިބެން އޮތް ގޮތަކުން ފައިސާ ހޯދައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް ވާރުތަކުރާ ދަރަނި އަބަދުވެސް ހުންނާނެކަމަށާއި ސަރުކާރުތައް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ރައީސް ޔާމީނުވިދާޅުވެއެވެ. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމަށް ބޭނުންވާ ފައިސާ ނެތްނަމަ ލޯނުނަގައިވެސް ހިދުމަތް ދޭންޖެހޭ ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވެއެވެ.
ވެރިކަމުގެ ދައުރު ދެބައިވެގެން ދިޔައިރު މުއިއްޒަށް ކުރެއްވުނު އެންމެ ކަމެއްވެސް މުއިއްޒަށް ނުދެއްކެވޭނެ ކަމަށްވެސް ރައީސް ޔާމީނު ވިދާޅުވެއެވެ. 3 ރައިސުން ވާރުތަކުރި ދަރަނި ދެއްކިކަމަށް ބުނެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީނު ވިދާޅުވީ ރައީސް މުއިއްޒު މިހާތަނަށް ރައްޔިތުންނަށް ކޮށްދެއްވި ކަމެއް ފެންނަން ނެތް ކަމަށެވެ.
ފިޗްގެ ރޭޓް ތަންފުކެއް މައްޗަށް ޖެހެލުމަކީ އިންވެސްޓަރުންގެ ލިބިގެން ދިޔަ ކަމެއް ނޫންކަމަށާއި ލޯނު ނަގައިގެން ދަރަނި އަދާކުރުމަކީ މިހާރަށްވުރެ އެތައްތަނެއް ގޯސްވުމަށް ފުރުސަތު ނެތްކަމަށް ގަބޫލުކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ރައިސް ޔާމީނުގެ ވާހަކަފުޅުން މޭރުންވިއެވެ.


