އަލީ އާރިފް ދޫކޮށްލެވުނަސް މުއިއްޒަށް ޝިއުނާ އާއި މަލްޝާ ދުލެއްނުކުރެވޭނެ!

އަލީ އާރިފް ދޫކޮށްލެވުނަސް މުއިއްޒަށް ޝިއުނާ އާއި މަލްޝާ ދުލެއްނުކުރެވޭނެ!

ރައީސް މުއިއްޒު ސަރުކާރާ ހަވާލުވުމަށްފަހު ފަތުރުވެރިކަމުގައި އިންޑިއާގެ މާކެޓް ހެދީ ސިޔާސީ ބަދަލު ހިފުމަކަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ލިބުނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެވެ. ވާނެ އެއްޗެއްވީ ފަހުން އެކަން ރަނގަޅުކުރުމުގެ ޒިންމާ އެޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންގެ ބޮލުގައެވެ.

ދިވެހިރާއްޖެއަށް އޭރު އިންޑިއާ މާކެޓް ގެއްލިގެން ދިޔައީ ލަކްޝަދީޕާ އޮތް ވާދަވެރިކަމެއްގެ ސަބަބަކުން ނޫނެވެ. އިންޑިއާ މާކެޓަށް ލޮޅުން އެރީ އޭރު ސަރުކާރުގެ ތެރޭގައި އަށަގެންފައި އޮތް ބޮޑާކަމާއި، ހަރުކަށި ގައުމީ ފިކުރާއި، ޑިޕޮލޮމެޓިކް ގުޅުމުގެ ހައްސާސްކަން ނޭގޭ ގާބިލުކަމެއް ނެތް ބަޔަކަށް ގައުމުގެ ނަމުގައި ބަސްބުނަން ދީފައިއޮތް ފުރުސަތު ނަތީޖާގެ ސަބަބުންނެވެ.

އިންޑިއާ މާކެޓް ދަށަށް ދިއުމުގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުމުގެ އަންދާޒާ:

2023 ވަނަ އަހަރު އިންޑިއާއިން އައި ފަތުރުވެރިން: 209,193

2024 ވަނަ އަހަރު އިންޑިއާއިން އައި ފަތުރުވެރިން: 130,805

މަދުވި އަދަދު: 78,388 ފަތުރުވެރިން

ފަތުރުވެރިއަކަށް 2,500 އެމެރިކާ ޑޮލަރުގެ ރޭޓުން ބަލިނަމަވެސް ހަމައެކަނި 2024 ވަނަ އަހަރު ލިބުނު ގެއްލުން 195.97 މިލިއަން އެމެރިކާ ޑޮލަރަށް އެރިއެވެ. އަނެއްކޮޅުން 2025 ވަނަ އަހަރު އިންޑިއާއިން އަންނާނެ ކަމަށް ލަފާކުރި ފަތުރުވެރިންގެ އަދަދަކީ 131,625އެވެ. އެހެން ކަމުން 2023 ވަނަ އަހަރާ އަޅާބަލާއިރު 77,568 ފަތުރުވެރިން މަދެވެ. ލިބުނު ގެއްލުން މީހަކަށް 2,500 ޑޮލަރުގެ ރޭޓުން 193.92 މިލިއަން އެމެރިކާ ޑޮލަރު ގެއްލިގެން ދިޔައެވެ. 

އެހެންކަމުން، 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައި އެންމެ ދަށް މިންވަރަކުން އަންދާޒާ ކުރިޔަސް، 2024 އާއި 2025 އާ ދެމެދު އިންޑިއާ މާކެޓުން ރާއްޖެއަށް ގާތްގަނޑަކަށް 389.9 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވިއެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ނިސްބަތުން އިންޑިއާގެ މާކެޓްގެ ބައިވެރިވުން ނުހޯދުނު ނަމަ، މި ގެއްލުން 540 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވުނެވެ.

ގައުމާއި ރައްޔިތުންނަށް ދުވަހަކުވެސް ބައެއްގެ ފަރާތުން ނުދޭވަރުގެ ގެއްލުމެއްދިން ދެ އަންހެނުން އަދިވެސް ސަރުކާރުގެ މަތިފަޑީގައި ދައުލަތުން އަތްގުޅި ނުކާވަރުގެ މުސާރައާއި އިނާޔަތް ދީފައި ބައިތިއްބާފާ އެބަތިބެއެވެ. ގައުމަށް ގައްދާރުވެފައިވާ ދެ އންހެނެއްގެ ބަލަދު ދައުލަތަށް އަރައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ. ރައީސް މުއިއްޒަށް އެ ދެ އަންހެނުންގެ ކިބައިން ސަލާމަތް ނުވެވިގެން އުޅެންޖެހޭ ސަބަބެއް އޮންނާނެއެވެ. ރައީސް މުއިއްޒުގެ ދެބެންގެ ދެދަރިބޭބެ އަލީ އާރިފް ސަރުކާރުން ވަކިކޮށްލެވުނު ރައީސަށް ޝިއުނާ އާއި މަލްޝާ ދޫކޮށް ނުލެވުމުގައި އަޑިނޭނގޭ ހާއްސަގުޅުމަކާއި ސިއްރުތަކެއް ނެތިއެއް ނުދާނެއެވެ.