ރިޔާޒު ގާފުރޮޅިވަރަކަށް ފޮރުވުނީ އަފްރާޝީމް މަރުގެހަގީގަތް!
ފެބްރުއަރީ 7ގެ ފަސް ފަހަތާއި މުއިއްޒު ސަރުކާރު
ބަގާވާތަކުން ގާނޫނީ ސަރުކާރެއް ވައްޓާލުމުގައި ފެބްރުއަރީ 7ގައި އެންމެ އިސްކޮށް ހުރި އެކަކީ އަބްދުއްލާ ރިޔާޒު ނޫން ދެވަނަ ދެމީހެއް ނޫނެވެ. ފުލުހުން ހަމަ މަގުން ނައްޓުވާލާ ސިފައިންނާއި ފުލުހުންގެ ކުރިތިލުމަކަށް ދުއްވާލުމުގެ އިސްރޯލެއް ކުޅުނު އެކަކީވެސް ރިޔާޒެވެ.
ފެބްރުއަރީ 7 ގެ ބަގާވާތް ކުރުމުގައި އަމަލީގޮތުން އުޅުނު އިސް މީހުންވެސް އެތިބީއެވެ. ކާނަލް ނާޒިމުގެ އޯޑަރަށް ސިފައިން ހިންގި ފެބްރުއަރީ 7ގެ ބަގާވާތުގައި ގްރައުންޑް ކޮމާންޑަރަކީ މިހާރުގެ ހޯމްލޭންޑް ސެކިއުރިޓީ ވަޒީރު އިހުސާނެވެ.
މާ ހަމަ ގަބޫލުކުރާ އިންސާފުވެރި މީހަކަށް ހެދިގަނެގެން އަބްދުއްލާ ރިޔާޒަކަސް އިހުސާނަކަސް އުޅޭނެ ކަމެއްނެތެވެ. ކިތަންމެ ވަރަކަށް މަތި އޮމާންކޮށް ހަގީގީ ސިފަ ފޮރުވަން އުޅުނަސް ބާގީއަކު ވާނީ ބޮޑު ބާގީއަކަށެވެ. ގާޒީއަކަށް ނުވެވޭނެއެވެ.
ރައްޔިތުން އިންތިހާބު ކޮށްފައިވާ ޑިމޮކްރެޓީކް ފުރަތަ ގާނޫނީ ވެރިކަން ވައްޓާލުމުގައި ކާނަލް ނާޒިމާއި އަބްދުއްލާ ރިޔާޒާއި އިހުސާނު އަމަލީ ގޮތުން ބޮޑު ދައުރެއް ކުޅުނު ނަމަވެސް އޭގެ ފަހަތުގައިވެސް ބަޔަކު ތިއްބެވެ. މުޅި ހަރަކާތުގެ މުގުލަކީ މައުމޫނެވެ. ބަގާވާތުގެ އިންޖިނޭރަކީ ޔާމީނެވެ. ހަރަދު ކުރީ ގާސިމެވެ. ދީނީ ކާޑު ކުޅެން އިސްކޮށް ހުރީ ޑރ. ޝަހީމެވެ.
ބަގާވާތުގެ އަހުލުވެރިންގެ ދަށުވެ ޑރ. މުއިއްޒަކީވެސް ހައިޖެކްވެފައި ހުރި މީހެކެވެ. މައުމޫނާއި ގާސިމާއި ކާނަލް ނާޒިމާއި އަބްދުއްލާ ރިޔާޒު ބޭނުންވާ ކަމެއް ނުކޮށްދީ ކުރެވޭނެ އެއްވެސް ކަމެއް މުއިއްޒަކަށް ނުއޮންނާނެއެވެ. ގާސިމާއި ނާޒިމާއި ރިޔާޒަށް ޖެހޭނީ ދާއިރާ ގޮނޑިތައް ވެސް ދޫކޮށްލާށެވެ.
އުމަރު ނަސީރާއި ޝެއިހު އިމްރާނާއި ޑރ. އަފްރާޝީމް ކަހަލަ މީހުންނަކީ ކުރިން ބުނި މީހުންގެ ބޭނުމަށް ގުރުބާން ކުރެވުނު ކަންބަޅި ތަކެއް ފަދަ ބައެކެވެ. ބަގާވާތުގައި ރައްޔިތުންގެ ކުރި މައްޗަށް ކަތިލަން ނެރުނީ އެމީހުންނެވެ.
ގުރުބާން ކަންބަޅިތައް ގުރުބާން ކުރެވިގެން ދިޔަސް މައުމޫނާއި ގާސިމާއި ކާނަލް ނާޒިމާއި ރިޔާޒާއި އިހުސާނާއި އެންމެން މިއަދު ތިބީ ކޮންތާކުހެއްޔެވެ. މިއަދުވެސް އެ އެންމެން އެތިބީ އެއް އޮޑީގައި އެގޮތުގައެވެ. ކުރިބޯއްޓަށް މުއިއްޒުލައިގެން ދައުލަތުގައި ވަކި ހިއްޕާލައިގެން އެތިބީ އެމީހުންނެވެ. އޭގެ ތެރޭގައި އުމަރެއް އިމްރާނެއް އަފްރާޝީމެއް ނެތެވެ. އަފްރާޝީމް ދުނިޔޭގައިވެސް ނެތެވެ. އުމަރާއި އިމްރާނު އަދި އެބަތިއްބެވެ.
މައުސޫމް ޑރ. އަފްރާޝީމް ހަމަ ރަނގަޅަށް ވެސް ގުރުބާން ކޮށްލެވުނީއެވެ. ރަހުމްކުޑަ އަނިޔާވެރި ގޮތަކަށް އެފަކީރުގެ ފުރާނަ އުދުއްސާލީއެވެ. އެކަން ކުރީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކަމުގައިވިޔަސް ޕޯސްޓުމޯޓަމް ހެދުމެއް ނެތި ވަޅުލާ ނިންމާލީ ލަހެއް ފަހެއް ނުވެއެވެ. ކަތިލެވިފައިވާ ހަށިގަނޑު ފެނުނު ސަރަހައްދު އެކީ އެކައްޗަކަށް ވަގުތުން ވަގުތައް ދޮވެ ސާފުކޮށް ފޮރިންސިކް ހެކި ނުހޯދޭވަރު ކޮށްލިއެވެ. އެ ގަތުލުގެ ސިއްރު ހޯދަން ޕޮލިސް ކޮމިޝަނަރު ކަމުގައި އޭރު ހުރި އަބްދުއްލާ ރިޔާޒް ނުފޮރުޅާ ގަލެއް ނެތެވެ. ގާފުރޮޅި ވަރަކަށް ފޮރުވުނީ އަފްރާޝީމް މަރުގެ ހަގީގަތެވެ.