ރައީސް މުއިއްޒަށް ނިސްބަތްކޮށް ގަޒުފު އުފަންކުރުވީ ކީއްވެގެން ކާކު؟

ރައީސް މުއިއްޒަށް ނިސްބަތްކޮށް ގަޒުފު އުފަންކުރުވީ ކީއްވެގެން ކާކު؟
ހިޔާލީ އެއްކޮށްލުމެއް

ގަޒުފެއްގައި 2 މީހަކު ހިމެނެންޖެހެއެވެ. ގަޒުފެއް ސާބިތު ކުރާނަމަ ދެ މީހަކު ޒިނޭ ކުރިކަމަށް ވާން ޖެހެއެވެ. އަދި އެ ކަމުގައި ހިމެނޭ ދެ މީހުންކުރެ އެކަކު ޒިނޭ ކުރިކަމަށް އިންކާރު ކުރަން ޖެހެއެވެ. ޒިނޭ ސާބިތުވާނީ ހަތަރު މީހަކަށް ޒިނޭ ކުރާ މަންޒަރު ފެނިގެން ނުވަތަ ދެ މީހުން ނުވަތަ ދެމީހުންގެ ތެރެއިން މީހަކު ޒިނޭ ކުރިކަމަށް އިއުތިރާފުވެ، އެކަން ސާބިތު ކޮށްދިނުމުންނެވެ. އިސްލާމީ ހަމަތަކާއި އެއްގޮތަށް ޒިނޭ ސާބިތުކުރުމަކީ ފަސޭހަ ކަމެއްގެ ގޮތުގައި އޮންނަ ކަމެއް ނޫނެވެ. 

އަދަދު ނޫހުގެ ފަރާތުން ހާމަ ކުރި ޑޮކިއުމަންޓްރީގައި ދައްކާފައިވަނީ އާއިޝާއެއްގެ ވާހަކައެކެވެ. އެ އާއިޝާ އަކީ އީޝާ ޝަރީފުކަން ފުލުހުންވަނީ ހޯދާފައެވެ. މައްސަލައިގައި ދެން ހިމެނޭ ފަރާތްވެސް ހޯދާފައިވާ ފަދަޔަކުން ފުލުހުން ވާހަކަ ދެއްކެވި ކަން ފާހަގަވެއެވެ. މައްސަލައިގައި ދެން ހުރި ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަން ދައުލަތުގެ ހޯމް މިނިސްޓަރުގެ ފޭސް ބުކް ޕޯސްޓުން ޝައްކެއް ނެތް މިންވަރަށް އެގެއެވެ. 

އީޝާ ޝަރީފް 2026 މެއި 05 ވަނަ ދުވަހުގެރޭ ފުލުހަށް ހާޒިރުކޮށް ތަހުގީގުގެ ބައެއް ނިންމާ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކައިރީ މީޑިއާއަށް މައުލޫމާތު ދެމުން އީޝާ ޝަރީފުގެ ލޯޔަރުން ހާމަ ކުރިގޮތުންނަމަ މައްސަލައިގައި ހިމެނޭ އައިޝާ އަކީ އީޝާކަން ދެނެގަނެވުނީ ފުލުހަށް ލިބުނު ހެއްކެއްގެ ފަރާތުންކަމަށް ބުނެފައިވެއެވެ. ނަން ހާމަ ނުކުރިނަމަވެސް އެ ހެއްކަކީ ކޮން ބޭފުޅެއްކަން ސާފުވާވަރުވެއެވެ. އަދި އެ ފަރާތުން އެ ތުހުމަތު ތަކަށް އިންކާރު ކުރާކަމަށްވެސް  ބުނެފައިވެއެވެ. 

އައިޝާ ޑޮކުއިމަންޓްރީގައި ދެ ލޯބިވެރިން ކުރާ ޒާތުގެ ހުރިހާ ކަމެއް ކުރިކަމަށް ބުނާކަމަށް އެ ބެއްލެވި ފަރާތްތަކުން ބުނެއެވެ. އަދި ފަހަރެއްގައިވެސް ކައިވެނި ކޮށްގެން އުޅޭ ބަޔަކު ކުރާ ހުރިހާ ކަމެއް ކުރިކަމުގެ ވާހަކައެއް ވާކަމަކަށް އެ ޑޮކިއުމެންޓްރީ ބެލި ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

އެހެން ކަމުން އެއީ ހޯމް މިނިސްޓަރު އަލީ އިހުސާނު ކޮން ތަނަކުން ނެރުނު ޒިނޭ އެއްގެ ވާހަކައެއްތޯއެވެ. ކޮން ގޮތަކަށް އުފަންވި ގަޒުފެއް ތޯއެވެ. ހޯމް މިނިސްޓަރުގެ ބަސް ވަރަށް ހަރުކައްޓެވެ.

“false allegations of "Zina" against the President of the Maldives.”

ހޯމް މިނިސްޓަރަށް އެ ޑޮކިއުމެންޓްރީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ކަން އެގުނީ ރައީސުލްޖުމްހޫރިއްޔާ އެ މައުލޫމާތު ހޯމް މިނިސްޓަރަށް ދީގެން ކަން ގަބޫލު ކުރެވެއެވެ. ހޯމް މިނިސްޓަރުގެ ޕޯސްޓުގައި އަދިވެސް ލިޔުއްވާފައިވާ ތަން ކޮޅެއް ހާމަ ކޮށްލާނަމެވެ.

“Making serious false allegations of "zina" against the President is not "journalism"

ތެދު ފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ޖާރނަލިޒަމް އެއް ނޫނެވެ. އެ ތުހުމަތު ކުރަނީ ކާކު ތޯއެވެ. އަދަދު ނޫހުގެ ޑޮކިއުމަންޓްރީ ޒިނޭ ގެ ތުހުމަތެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވާފައެއް ނުވެއެވެ. އަލަށް ވެސް އެ ޑޮކިއުމެންޓްރީއާއި ޒިނޭ އާއި ގުޅުވީ ހޯމް މިނިސްޓަރެވެ. އަދި ގަޒުފުގެ ވާހަކަ ދަށްކަވަނީވެސް ހޯމް މިނިސްޓަރެވެ. ހޯމް މިނިސްޓަރުގެ ފޭސްބުކް ޕޯސްޓުގައި ގަޒުފަށް އިޝާރާތް ކުރައްވާ އެފަދަ މައްސަލަތައް ތަހުގީގު ކުރަން ޖެހޭނެ ކަމަށް ބުނެ ފާހަގަ ކުރަނީ މިދަންނަވާ އިބާރާތުންނެވެ.

In any democratic society governed by the rule of law, authorities must be able to investigate potential criminal offences like "gazf", when there is reasonable suspicion

ތެދުފުޅެކެވެ. މައްސަލަ ބައްލަވަން ވާނެއެވެ. އިންސާފާއި ހަމަހަމަ ކަމާއިއެކު ތަހުގީގު ކުރައްވާށެވެ. އޭރުން ޒިނޭތޯ ގަޒުފުތޯ ނޫނީ ލޯބިތޯ ސާފުވާނެއެވެ. އަދި ކުށެއް ހިމެނޭނަމަ އެކަމެއްގައި ހިމެނޭ މީހުންގެ ތެރެއިން މީހަކު ނުވަތަ ދެ މީހުން ކުއްވެރިވޭތޯ ނުވަތަ ކުއްވެރިނުވާކަން ސާބިތުވާނެއެވެ. ނަމަވެސް މެޗު ނުފަށަނީސް ފޯލްސް އެލިގޭޝަނޭ ވިދާޅުވުން ރަގަޅެއް ނޫންކަން ހޯމް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. 

ގަޒުފު ކުރުމޭ ބުނެވޭ ބުނުމަކީ ބިރުވެރި ވާހަކައެކެވެ. އަދަބު ބޮޑު ކުށެކެވެ. ބޮޑުފާފައެކެވެ. ހަރާމް ކުރައްވާފައިވާ ކަމެކެވެ. މި ފަދަކަމެއް އުފަންވުމުގެ ފުރުސަތު ނެތް ކަމެއްގެ ތެރެއަށް ޒިނޭ އާއި ގަޒުފު ލުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވުމަކީ ގާތްކަމެކެވެ. ފަހަރެއްގައިވެސް ހޯމް މިނިސްޓަރު ރޭވުމަކުން ރައީސުލްޖުމްހޫރިއްޔާ ސައި ކޮށްލީ އެކޭ ނޫނެވެ. ސިޔާސީ ވާފަވެރިކަމަކީ ދިވެހީންގެ މެދުގައި މަކަރާއި ހީލަތާއި އޮޅުވާލުން ހިމެނޭ ކަމެކެވެ. ސިޔާސީ ކުރިއެރުމަކީ ވަކި މަގާމުތަކަކުން ފެށިގެން ސިޔާސީ މީހުން ދެކޭނެ ހުވަފެނެކެވެ. ނަމަވެސް އެ ޑޮކިއުމެންޓްރީ ދަތުރު ކުރަން ނުޖެހޭ ހިސާބަށް ދަތުރު ކުރުމުގައި ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭކަން އެއީ އޮޅުވާނުލެވޭނެ ހަގީގަތެކެވެ. 

ގަޒުފު ކުރެވޭ މީހަކީ އެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ:

  1. 80 އެތިފަހަރުން ހައްދު ޖަހަން ޖެހޭނެ މީހެކެވެ.
  2. ޝަރުއީ އެއްވެސް ހެކިބަހެއް ނުދެވޭނެ މީހެކެވެ.
  3. ފާސިގެއްގެ ދަރަޖަ އެމީހަކަށް ލިބެއެވެ.

ހުށަހެޅިފައިވާ މައްސަލައިގެ ޒާތަށް ބަލާއިރު ގަޒުފު ކުރަން ޖެހޭނީ ކާކުކަން އެނގިގެން ދާނެކަމަށް ބެލެވެއެވެ. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވުމަކީ ދިވެހިރާއްޖޭގައި ވަރަށް ގިނަ ސިޔާސީ ކުރިމަގަށް އޮތް ހުރަހެކެވެ.