ތުޅާދޫ ހަންނާނުގެ އަޅުކުދިންނަށް ގޮއިދޫ ފެނަކައިން ވަޒީފާ!
8 ފެބުރުއަރީ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބ.ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނާއި ދިމާކޮށް 11 ފަރާތަކަށް ބ.ގޮއިދޫ ފެނަކަ ބްރާންޗުން ވަޒީފާ ހަމަޖެއްސަމުން ދާކަމަށް މައުލޫމަތު ލިބިއްޖެއެވެ. އޭގެތެރެއިން 09 މީހަކަށް މިހާރު ވަޒީފާ ޗިޓް ހަވާލުކޮށްފައިވާކަމަށް މައުލޫމަތު ލިބިފައިވެއެވެ.
މިފަހަރު ގޮއިދޫ ފެނަކަ ބުރާންޗުން ވަޒީފާ ހަމަޖައްސަމުންދަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަމިއްލަ ގޮތުން ކާމިޔާބުކޮށް ރައީސް މުއިއްޒަށް ގޮސްހުސްވެފައިހުރި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނުގެ ކެމްޕޭންގައި އުޅުނު ޕީއެންސީއަށް ތާއީދުކުރާ 11 ފަރާތަކަށް ކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބެއެވެ.
ނިމިދިޔަ 2023 ވެރިކަމުގައި ބ. ގޮއިދޫގައި ފަށާފައިހުރި ތަރައްގީގެ ހުރިހާ މަސްރޫއުތަކެއް މި ސަރުކާރުން ވަނީ ހުއްޓާލާފައެވެ. އަނެއްކޮޅުން ބ.ގޮއިދޫގައި ހިންގުމަށް 2024 ގައި ބަޖެޓްކުރި އެއްވެސް މަސްރޫއެއް ނުފަށާ އަހަރު ނިމިދިޔައީއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަދި ނާލުބޯޓުތަކުގެ ބިލްތައް ފެނަކައިން އޮތީ ނުދައްކައެވެ. ލިބޭ އެއްޗަކާއި ހަރަދާއި ދިމާނުވެގެން ސަރުކާރުގެ ސީދާ ސަބްސިޑީ ދީގެން މުވައްޒަފުންގެ މުސާރަތައް ހަމަނުޖެއްސޭ ވަރަށް ފެނަކައޮތީ ދަރަނިވެރި ވެފައެވެ. އެހެންނަމަވެސް ވޯޓަށް ނުފޫޒު ފޯރުވުމަށް ބ.ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނާއި ދިމާކޮށް އަނެއްކާވެސް ފެނަކައަށް އިތުރު މުއައްޒަފުންތަކެއް އެދަނީ ވައްދަމުންނެވެ.