ފިނިފެންމާ އެއްލާލަން މުއިއްޒަށް އެހުރީ ނުކުރިފަ!

ޑޮލަރ އަގުހެޔޮނުވެ ފިނިފެންމާ މިލާ މޯޅިވެއްޖެ!

ފިނިފެންމާ އެއްލާލަން މުއިއްޒަށް އެހުރީ ނުކުރިފަ!

ލައްކައެކޭ ހީކޮށްގެން ރައީސް ޔާމީނުގެ ފިނިފެންމަލަށް މުއިއްޒު އިގުތިސޯދީ ވަޒީރުކަން ދިނީ މޮޅުތަކެއް ވާނެކަމަށް ހީކޮށެވެ. ރައީސް ޔާމީންގެ ވަޒީރު ކަމުގައި ވީއެއް ނުވިއެއް މި ކަލޭގެއަށް ނޭގޭކަމެއް މުއިއްޒަކަށް ނޭނގެއެވެ. ވަޒީރުކަން މުއިއްޒު ދިނީ މާވަރުގަދަ އެކޮނޮމިސްޓެކޭ ހިތައެވެ. ވެރިކަމުން ބޭރުގައި އުޅުނު އިރު ފުއްޕަފުއްޕާފައި އުޅުނު ތުރާކުނު ސައީދަކީ އަނގުޅިނެތް ކަންނޭލެއްކަން މިހާރު މުއިއްޒަށް އެނގުނީތާއެވެ. 

ރައީސް ޔާމީނަށް އަތްގާތް ކޮށްދޭން ގެންގުޅުނު ފިނިފެންމާ މިލާ މޯޅިވެއްޖެއެވެ. މިހާރަކު ހަބަރެއް ހިލަމެއްނެތެވެ. މުއިއްޒުގެ އިގްތިސޯދީ ވަޒީރުކަން ލިބުމުން އެރުވިހާ ފޮނު ސައިބޯނި ބޮތްކަށްވެ ފަޅަފަޅައިގެން ގޮސް އަވަދިވީތާއެވެ. ދެއްކިހާ ވާހަކަ ޖަމަލު ފޮޑިއަށްވެ ނިމުނީތާއެވެ. ދެވަނަ ފަހަރަށް އިގްތިސޯދީ ވަޒީރުކަން ލިބުމުން ރައީސް ޔާމީނަށް ވެސް ރައްދުދީ މަލާމާތުގެ ޓްވީޓްތައްކޮށް އުޅުނުއިރު ސަހަރޯ ހީވިއެވެ. 

ދެވަނަ ފަހަރަށް ވަޒީރުކަން ލިބުމުން ތުރާކުނު ސައީދުގެ ވާހަކައިން ހީވީ މުޅި ދުނިޔެ އޮތީ މާވަށު ސައީދަށް ރާއްޖޭގެ އިގްތިސޯދީ ވަޒީރުކަން ލިބުން ލަސްވެފައި ހެންނެވެ. ޗައިނާއާއި އަރަބީންނާއި ޔޫރަޕުން ބަޑިތަކުރަށް އަލަފަތް އައިހެން އިންވެސްޓްމަންޓްތައް އަންނާނެކަމަށް އޭރު އެންމެނަށް ހީކުރެވުނެވެ.

ޑޮލަރުގެ އަގު ތިރިވާ ތާރީހުތައް ތިން ހަތަރު ފަހަރުދީ އަގު ތިރިކޮށްފިއެވެ. ތުރާކުނު ސައީދު ޑޮލަރުގެ އަގު ތިރިކުރީމާ ކުރިން 15.42 އަށް ލިބުނު ޑޮލަރ ލިބެނީ ވިހި ބާވީހަށެވެ. ޕޭޕާލް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ހަދަން އުޅެއުޅެ ގައިން ހުޅުބު ފައިބައިފިއެވެ. ބޭރުން އިންވެސްޓް ހޯދަން ދަތުރު ކޮށްކޮށް ހުރިއްޔާ ހުރި ފައިސާއެއް ހުސްވަނީއެވެ. އާރުލާ އިންވެސްޓްމެންޓެއް ހިލޭ އެހީއެއް ހެޔޮވަރުގެ ރިސްކް ފްރީ ލޯނެއް ނުލިބެއެވެ. ދައްކަންޖެހޭ ބޭރުގެ ލޯނުތަކަށް ލުއިހޯދާ މުއްދަތު ދަންމައެއް ނުލެވުނެވެ. ބޭރު ފައިސާ ލިބޭނެ ގޮތްތަކެއް ހޯދާ ނުދެވުނެވެ. މުއިއްޒު ހީކުރި ގޮތަށް ޗައިނާގެ ބޮޑު މިތުރަށް ސައީދު ނުވިއެވެ. 

މޮޔަ ނުވާށެވެ. ޗައިނާގެ މިތުރަކީ ސައީދެއް މުއިއްޒެއް ނޫނެވެ. ޔާމީނެވެ. ސައީދަކީ ޔާމީނު ގެންގުޅުއްވި ފަޓާނީއެކެވެ. ޔާމީނާ ނުލާ ސައީދަކީ އަގުޅިނެތް ކަންނޭލެކެވެ. މުއިއްޒަށް މިހާރު އެހުރީ އެ ބޮޑި ބޮވިފައެވެ. ކުރިން ފޮޅިފާ އިންލެއް ރީތިކަމުން މިލާ މޯޅިވިޔަސް ފިފެންމާ އެއްލާލަން މުއިއްޒަށް އެހުރީ ނުކުރިފައެވެ. 

ރައްޔިތުންގެ ކަންކަމަށް މާ އިސްކަމެއް ދޭ މީހަކަށް ވެގަނެގެން ދޮގުމައްޗަށް ދޮގުހަދައިގެން ދައުލަތް ދަވާލަން ފުރުސަތު ހޯދައިފިއެވެ. ކުޑަމިނުން އުފަން ރަށާއި މެންބަރުކަން ކުރި މާވަށު ދާއިރާގެ މީހުން ނަޖިސް ފެނުން ފެންވެރިޔަސް ލަފާ ނުފުރުނަސް ކަރަންޓް ނެތަސް އޭނާއަށް ވަރިހަމަތާއެވެ. އޭނާ ހުންނާނީ މީރު ފެނުން ފެންވަރައިގެން ބަނޑުފުރާކައިގެންނެވެ. 

ދިވެހީންގެރާއްޖޭގެ އިގްތިސޯދީ ވަޒީރަކަށް ހުރީ ފުރިހަމަ ދިވެއްސެއް ވެސް ނޫނެވެ. ކުރީސަފުގައި އިންޑިއާ އައުޓް ގޮވަން ހުރެގެގެން ވަޒީރުކަން ހޯދައިގެން އެހުރީ އިންޑިޔާ މީހަކަށް ކާފަކިޔާ ބައ-ދިވެއްސެކެވެ. އަމިއްލަ ހަށީގައި ދިވެހި ލޭ ނުހިނގާ މީހަކަށް ވެވޭނީ ކޮން ގައުމީ ލޯތްބެއްޔެވެ. ބަލި ހާލުގައި އުޅޭ ރައްޔިތުންނަށް އާސަންދައިން ބޭސްކޮށް ދޭތީ ހަޖަމުނުވެގެން ވަޒީރުކަން ހޯދައިގެން ހަރަދު ކުޑަކުރާނަމުގައި އާސަންދަ ނޭވާ ހޮޅިޔަށް އަޅުވައިގެން ފައިސާކޮޅެއް ދައުލަތުން ދަވާލެވޭތޯ ބެލުން ނޫންކަމެއް ކުރާކަށް އިގުތިސޯދީ މާހިރަކަށް ނޭނގެއެވެ.