އާސަހަރާ: ވެރިކަމަށް އައުމަށް ބޭނުންކުރި ސިހުރު އައްޑާ؟
މުއިއްޒު އުޑުގަޖެހިފަ ބިމުގަޖެހުނަސް ކްރެޑިޓްލިބެނީ މޭޔަރު އާޒިމަށް!
މުއިއްޒުވެ ހުއްޓިފައިވާ އައު ސަހަރާ މިސްކިތުގެ މަސައްކަތް ނިންމާ ހުޅުވަން ތައްޔާރުވުމުން އެކަމުގެ ކްރެޑިޓް ރައީސް މުއިއްޒަށް ދޭން ބަޔަކު މަރުފަލި އެބަ ޖަހައެވެ. މުއިއްޒުގެ ދެ ގަހުރަމާނުން ކަމުގައިވާ ޝިއުނާ އާއި މަލްޝާ އާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ނަރީޝް މީސްމީޑިއާގައި ކިތަންމެ ފޮނެއް އެރުވިޔަސް މުއިއްޒަށް އެކަމުގެ ކްރެޑިޓެއް ދެން ލިބޭކަށް ނެތެވެ.
ތެދެކެވެ. އާސަހަރާ މިސްކިތް އަޕްގްރޭޑް ކުރުމުގެ ނަމުގައި ބޮޑުވެގެންވާ ކޮރަޕްޝަނެއް ހިންގާލީ ޑރ. މުއިއްޒު މާލޭ މޭޔަރަކަށް ހުރެގެންނެވެ. އާސަހަރާ މިސްކިތް އަޕްގްރޭޑް ކުރުމަކީ މުއިއްޒުގެ ރިޔާސީ ކެންޕޭނަށް ފައިސާ ހޯދުމަށް ހިންގި ބޮޑު ކޮރަޕްޝަނެކެވެ.
ދެމަސް ދުވަހުން ނިންމާނެ ކަމަށް ބުނެ 2023 ވަނަ އަހަރު މޭމަހު ބަންދުކުރި އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމާ އެހުޅުވެނީ އޭގެ 16 މަސް ފަހުންނެވެ. 4.9 މިލިޔަން ރުފިޔާ ބަޖެޓް ކޮށްގެން ދެ މަސްދުވަހުން ނިންމަން ފެށި މަސައްކަތް މުއިއްޒުވެގެން ދިޔަގޮތް ނޭނގެންޏާ އަޑު އަހާށެވެ. މުއިއްޒުގެ މަސްލަހަތު އޮތް ކުންފުޏަކަށް ދީގެން މިސްކިތުގެ މަސައްކަތް ނުކުރުވާ 3.9 މިލޔަން ރުފިޔާ ރިޔާސީ ކެންޕޭނަށް ކަށްވާލިއެވެ. އެކަން މަތި ޖަހަން ޑިޒައިނަށް ބަދަލުގެނެސް ހަރަދު ބޮޑުވުމުގެ ނަމުގައި ހެދި ކޮންޓްރެކްޓް ބާތިލުކޮށްލީއެވެ. ސިޓީ ކައުންސިލުގެ ބަޖެޓުން މުއިއްޒުގެ ރިޔާސީ ކެންޕޭނަށް 3.9 މިލިޔަން ރުފިޔާ ދަވާލުމުގެ ވަސީލަތަކަށް އައު ސަހަރާ މިސްކިތް ހަދާލީއެވެ. މުއިއްޒުގެ އާސަހަރާ ކޮރަޕްޝަން ބަލަން އޭސީސީ އޮތީ ނުކުޅެދިފައެވެ.
ކޮންޓްރެކްޓް ބާތިލުކޮށްގެ މަސައްކަތް ހުއްޓާލާ އާސަހަރާ ވަށައިގެން ބަންދު ކޮށްގެން ސަހަރާ ބޭނުންކުރީ ވެރިކަމަށް އައުމަށް ސިހުރު އައްޑާއެއްގެ ގޮތުގައި ކަމަށް މީހުން ކިޔާ އުޅުނެވެ. ޔަގީނުންވެސް އެނގޭކަމަކީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން މުއިއްޒަށް ލިބި، އައު މޭޔަރު އާދަމް އާޒިމް އިންތިހާބު ވެ، މޭޔަރުކަމާ ހަވާލު ވަންދެން އާސަހަރާ މިސްކިތް އޮތީ ތަޅާލި ގޮތަށް މުއިއްޒުވެ ހުއްޓިފައިކަމެވެ.
އާސަހަރާއަކީ މުއިއްޒުގެ މޭޔަރު ކަމުގައި މުއިއްޒުވީ ތަންތަނުގެ ތެރެއިން އެންމެ ފަހުން މުއިއްޒުވީ ތަނެވެ. މުއިއްޒުވެ ހުއްޓިފައިވާ އާސަހަރާގެ މަސައްކަތް އަލުން ފަށާ މަސައްކަތް އަލިފުންޔާއަށްކޮށް ނިންމާ އަންނަ ހުކުރު ދުވަހު އާސަހަރާއާއި އެތާނގެ މިސްކިތް ހުޅުވާލަނީ މާލޭގެ މިހާރު އާދަމް އާޒިމްގެ ހިތްވަރާ ފަންވަރުން ނޫން ކަމަކަށް ބަޔަކު އުޑުގަ ޖެހިފަ ބިމުގަޖެހުނަސް ނުހެދޭނެއެވެ.