ވަޒީރު އިހުސާނަށް: ތިޔަ ކުޅެންއުޅޭ ކުޅިއެއް ނުކުޅެވޭނެ!

ބާރުބާރަށް ވައްވައް ޖެހިވަރަކަށް ފައިބާނީ އިހުސާނުގެ ހުޅުނބެވެ. ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި ޑީއެންއާރުގެ ޑާޓާ ފަޅާލައިގެން ވައްކަން ކޮށްގެން ހުރެ ކުރީ ސަރުކާރޭ ގޮތްވަސް މީހަކަށް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ.
ބެސްޓިނެޓް ޑީލުން ދައުލަތަށް ގެއްލުން ދިނީއޭ ކިޔައިގެން ކުރީ ސަރުކާރުގެ ވެރިން ފަހާ ދުވާނެ ވާހަކަ ބުނީ ކާކު ބިރުގަންނާނެ ކަމަށް ހެއްޔެވެ. ކުރީ ސަރުކާރުގެ ވެރިއެއްގެ ގައިގާ އަތްލެވޭ ހާލަތަށް ކަންތައްތަކެއް ގޯސްކޮށް އެ މީހުން ކޮށްފައި ހުރިނަމަ މިހާރު އެމީހުން ތިބީހީ ޖަލުގައެވެ.
އިންސާފުވެރި ޝަރީއަތަކުން ކުރީ ސަރުކާރުގެ ވެރިއެއް ގައިގާ އަތްލެވޭނެ ގޮތެއް ނެތިގެން ކޯޓުތަކުގެ ބެންޗް ބަދަލުކޮށްގެން ވެސް ތިޔަ އުޅެނީ ވާދަވެރިން ފުހެލެވޭނެ ގޮތެއް ނެތިގެންނެވެ. ހޯމްލޭންޑް ސެކިއުރިޓީ ވަޒީރު ކަމުގައި އިހުސާނު ހުރެގެން މުޅި ދައުލަތް ހިސޯރުކޮށްގެން ކުރަން ތިޔައުޅޭ ކަމެއް ނުކުރެވޭނެއެވެ.
ގޮނޑިކޮއްކޮ ރައްޔިތުންގެ މަޖިލީހު ތެރޭގައި މިހާރު އަޅި ބުރުވިދާނެއެވެ. އެކަމަކު ތިޔައީ ހިނދުކޮޅެއްގެ ކަމެކެވެ. ތިޔަ ކަހަލަ ކިތަންމެ ތަރިއެއް އަރައަރާފައި އޮއްސިއްޖެއެވެ.
ހެޕީ މާކެޓާގެ މުއްސަނދިކަމާ އިނދެވިގެން އުޅެވޭތީ މުއިއްޒަށް ބޮންޑަށް ފައިސާ ދީގެން މުއިއްޒު ބޮލަށް ސަވާރުވެގެން އިނދެ އެމްޑިޕީއާއި ކުޅެވިދާނެ ކަމަށް ހީނުކުރާށެވެ.
ކަންކަމުގެ މަތިއަޅާ ފޯކަސް ބަދަލުކުރަން އަނބައްޕުޅު ގަހުތޮފަނީގައި ތާށިވުމުން ގަސްކަނޑާލަން އުޅޭފާޑަށް އުޅެގަތަކަސް ކަމަކު ނުދާނެއެވެ. މެޑަމް ފަޒްނާގެ ފޮޓޯ ގަޑެެއް ހިފައިގެން މަޖިލީހަށްވަދެ ޖެއްސި މުޑުދާރު ވައްތަރު ވަކަރުގޭ ކުއްޖަކުވެސް ނުޖައްސާނެއެވެ.
މުއިއްޒުގެ ވަޒިރުންގެ ގޮތްފޮތް ނެތްވަރު ދަހިލީ ވަޒިރު މަޖިލީހުގައި ދައްކާލަ ދީފިއެވެ. ގޮތް ހުސްވެ ހަފަރާތުން ބެދިފައި ހުރިވަރު މަޖިލީހުގައި އިހުސާން އެދައްކާލީއެވެ. އަޅުކުދިންގެ މަޖިލިހަކަށް ހާޒިރުވެ ޖަވާބުދާރީ ވެލަންޖެހުނީމާ އަތްފައި ބަޅާބޫޅި ވާއިރު ހެޔޮވަރުގެ އިދިކޮޅެއް އޮތް މަޖިލިހަކަށް ގޮސް ޖަވާބު ދާރީވާން ޖެހުނުނަމަ އިހުސާން ހުރީހީ ދެކަމު ހާޖަތަށް ދެވިފައިތޯއްޗެކެވެ.