އާއިޝަތު ނޫރުއްދީން ވަކިކުރުމަކީ މޮޔަކަމެއް: ފައްޔާޒު

ބޭންކް އޮފް މޯލްޑިވްސްއަށް ސަރުކާރުން ފޯރުވާ ނާޖާއިޒު ނުފޫޒު ވަގުތުން ހުއްޓުވަންޖެހޭ

އާއިޝަތު ނޫރުއްދީން ވަކިކުރުމަކީ މޮޔަކަމެއް: ފައްޔާޒު

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުން އާއިޝަތު ނޫރުއްދީނު ވަކިކުރުމަކީ މޮޔަކަމެއް ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އާއިޝަތު ނޫރުއްދީނު ވަކިކުރުމުގެ ނުރުހުން ފައްޔާޒު ފާޅުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ބީއެމްއެލްއަށް ހިދުމަތް ކުރައްވާތާ 42 އަހަރުވެފައިވާ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން މަގާމުން ވަކިކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ފޮނުވި ސިޓީއަކުންނެވެ.

އާއިޝަތު ނޫރުދީން ފަދަ ތަޖުރިބާކާރު ބޭންކަރަކު ބޭންކުގެ ބޯޑުން ވަކިކުރުމަކީ ގައުމު އިގްތިސާދީ ދަތިކަމުގެ މަގުމަތީގައި އޮތްއިރު މޮޔަކަމަށާއި ރާއްޖޭގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއަށް ސަރުކާރުން ފޯރުވާ ނާޖާއިޒު ނުފޫޒު ވަގުތުން ހުއްޓުވަންޖެހޭ ކަމަށް ފައްޔާޒު ދެކިވަޑައިގަންނަވައެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމަޢުގެ ތެރޭގައި ރާއްޖޭގެ މާލީ ނިޒާމާމެދު ނޭދެވޭ ތަސައްވުރެއް އުފެދިގެންދާނެކަން އެމަނިކުފާނު ޔަގީން ކުރައްވައެވެ.

ބީއެމްއެލް އަކީ ނިޒާމީ ބޭންކަކަށް ވުމާއި، އިޤްތިޞާދުގެ މުހިންމު ބައެއްގެ ގޮތުގައި އޮތުމުން، މިނިވަންކަމާއެކު ބޭންކް ހިންގޭނެ ފަރާތަކަށް އެ ބޭންކް ވުމަކީ މުހިންމު ކަމެއްކަމަށް ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޒު ވިދާޅުވެއެވެ. ރާއްޖޭގައި ހުރި ހަމައެކަނި ކޮރަސްޕޮންޑެންސް ބޭންކް ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ ކަމަށް ފައްޔާޒު ގަބޫލު ކުރައްވައެވެ.