އަދާލަތުން އުފަންކުޅަ ސަލަފީ ވެރިކަމުގައި ބަޅުވެސް ހުއްދަވީ!؟
މުއިއްޒުގެ ވެރިކަމާއެކު ސަލަފީން ނިދާ ހަރުދަނޑިވީތަ
ބަޅަކީ ބޮޑުވެގެންވާ ނަޖިހެކެވެ. މުސްލިމަކު ބަޅަކު ގެންގުޅުން އިސްލާމް ދީނުގައި ހުއްދަ ނޫންކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ. ސަލާމަތީ ބޭނުމަށްޓަކައި ވަކި ހާލަތްތަކެއްގައި މުސްލިމް ދައުލަތްތަކުގައި ތަމްރީނު ކުރެވިފައިވާ ބަޅުން ގެންގުޅެއެވެ. އެހާލަތުގައިވެސް ބަޅުންގެ ހިދުމަތުގައި މުސްލިމުން އުޅުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް ގިނަ އިލްމުވެރިން އިއްތިފާގުވެއެވެ. ބަޅުންނަށް ހިދުމަތްކުރަން ގެންގުޅުން އެންމެ އައުލާކަން ބޮޑީ ގައިރު މުސްލިމުންނެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. ރާއްޖޭގެ ރަށްރަށުގެ ތޮބީއަތުގައި ބަޅުއޫރަކީ އުޅޭ އެއްޗެއް ނޫނެވެ. ސިންގާއާއި ހަރުފަ ފަދަ ނުރައްކާތެރި ޖަނަވާރު ފަދައިން ބަޅުއޫރަކީ ދިވެހި ވެށީގައި ގުދުރަތީ ގޮތުން ލައްވަވާފައިވާ އެއްޗެއްވެސް ނޫނެވެ.
ހާއްސަ ހުއްދައެއް ލިބިގެން ނޫން ގޮތަކަށް ރާއްޖެއަށް އެތެރެ ކޮށް ގެންގުޅުން މަނާ ތަކެތީގެ ތެރޭގައި ބަޅު ހިމެނެއެވެ. މަސްތުވާތަކެތި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ބޭނުމަށްޓަކައި ހާއްސަ ތަމްރީނު ތަކެއް ހަދާފައިވާ ކުއްތާ ވަކި އަދަދަކަށް ރާއްޖެއަށް އެތެރެކޮށް ގެންގުޅެން ސިފައިންގެ ހިދުމަތަށާއި ފުލުހުންގެ ހިދުމަތަށް ހާއްސަ ހުއްދައެއް ދީފައި އޮވެއެވެ.
ޕެޓްގެ ގޮތުގައިވެސް އެނޫން ގޮތެއްގައިވެސް ކުއްތާ (ބަޅު) ރާއްޖެ އެތެރެކޮށް ގެންގުޅުމަކަށް ހުއްދައެއް ނޫނެވެ. އެހެން ނަމަވެސް މިހާރު ފެންނަ މަންޒަރު ވަރަށް ތަފާތެވެ.
ރާއްޖޭގެ މީހުން އުޅޭ ރަށެއްގެ ފަޅަށް ވަނތް ސަތަރި ދޯންނަކުން އެރަށަށް ފޭބި މީހަކު އުރާލައިގެން ހުރީ ހެޔޮވަރުގެ ބޮޑު ބަޅެކެވެ. ކުއްތާއެކެވެ. އެމީހާ އެރަށަށް ފޭބުމާއެކު ވާޓަރާ އިންވެގެން އޮތް ތާރުމަގަށް އެ ބަޅު ދޫކޮށްލިއެވެ. ހަމަ ދޫކޮށްލުމާއެކު ހެޔޮވަރު ދުވެއްޔެއްގައި ދުވެލާފާ އެ ދިޔައީ ރަށު ތެރެއާއި ދިމާލަށެވެ. ކުޅިބަލަން ދިވެހިންގެ ބަޔަކު ތިއްބެވެ. އާސޯހުވެފައެވެ. ބަޅުފުޅައިން ދިވެހި އިސްލާމީ ފަސްގަޑެއް ނަޖިސްވަނީ ކަމެއް އެ މީހުންނަކަށް އިހުސާސެއް ނުވެއެވެ.
ހައިރާން ކުރުވަނި ކަމަކީ އެ މީހަކު އެ ބަޅަކު ގޮވައިގެން އެ ރަށަކާ ހަމައަށް އައީ ކިހިނެއް ހެއްޔެވެ. ސިފައިންނާ ފުލުހުން ކޮބައި ހެއްޔެވެ. ކަމަކީ އެއްވެސް ކަމަކަށް ނުވާ އާދައިގެ ކަމަކީ ހެއްޔެވެ. އަދާލަތުން އުފަންކުޅަ ސަލަފީ ވެރިކަމެއްގައި ބަޅުވެސް ހުއްދަވީ ހެއްޔެވެ.
ދީނައިގެން ދެފައިކައިރި ނުވެގެންއުޅޭ ސަލަފީ ޝޭހުންތަކާއި ސޫފީންތައް ކޮބައިހެއްޔެވެ. ހިޖުރައިގެ ރޭ ރަސޫލާގެ ގަނޑުވަރު ވަށަލާފައި ތިބި މުޝްރިކުން ނިދާ ހަރުދަނޑިވީ ގޮތަށް މުއިއްޒުގެ ވެރިކަމާއެކު ޝޭހުންގަޑު ނިދާ ހަރުދަނޑިވީ ހެއްޔެވެ. އެމްޑީޕީ ވެރިކަމެއް ނަމަ ޝޭހުންގަޑު ނިކުމެ ނޮޅާ ކޭހެވެ. ދިވެހީންގެރާއްޖޭއަކީ ބަޅުންނަށް ވެސް މިނިވަންކާމާއެކު އުޅޭނެ ގޮތަކަށް އުޅެން އޮތް ރާއްޖެއަކީތާއެވެ.