ފިރުޒުލް އިމާމްވެ ކުރައްވަނީ އާވައްތަރެއްގެ ހުކުރެއް!؟
ދީނީ ކާޑުން ޕޮލިޓިކްސް ކުޅެން މޮޅު
މާލޭ މަސްޖިދުއްސުލްތޯން މުހަންމަދު ތަކުރުފާނުލްއައުޒަމްގައި މާދަމާ ކުރެވޭ ހުކުރު ނަމާދަކީ ތަފާތު ހުކުރު ނަމާދެއްތޯ ހީވާވަރު ވެގެން މިއީ ކިހިނެެއްވާ ކަމެއްތޯ ސާފުވޭތޯ އުޅެފީމެވެ.
އިމާމްވެ ހުކުރު ކުރައްވަނީ ރައީސް މުޢިއްޒުގެ އިންތިގާލީ ތަރުޖަމާނު އަދި މިހާރު ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނެވި ފިރުޒުލް ނޫން އެއްވެސް އިތުރު ތަފާތެއް ނެތެވެ.
ފިރުޒުލް ނޫނަސް ސަނަދު ޙާޞިލު ކުރައްވައިގެން ތިއްބެވި އިމާމުން ފުރަތަމަ ހުކުރު ކުރައްވައިގެން ނޫނީ ދެވަނަ ހުކުރު ނަމާދު އިމާމްވެ މީގެ ކުރިންވެސް ކުރައްވާފައެއް ނުވެއެވެ.
އެހެން ނަމަވެސް ދީނާ ގައުމުން ޑްރާމާ ކުޅުމަށް މޮޅު މިހާރު މިއޮތް ޑްރާމާ ސަރުކާރުން މާދަމާ ފިރުޒުލް ކުރައްވާ ހުކުރު ނަމާދުވެސް މާތަފާތު މޮޅު ހުކުރު ނަމާދަކަށް ހަދައިފިއެވެ.
މިކަމުގެ ބޮޑަކަށް ހުރި ކަމަށް ފެންނަނީ ދީނީ ކާޑުން ޕޮލިޓިކްސް ކުޅެން މޮޅު އަދި މީޑިއާގައި ސުރުޚީ ހަދައިގެން މުއިއްޒަށްވުރެ ރައީސް ކަމަށް ގާބިލް މީހަކީ ތިމަން ކަމަށް ދެއްކެނީއޭ ހީވާ ގޮތަށް އުޅުއްވާ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމެވެ.
ފިރުޒުލް މާދަމާ އިމާމްވެ ހުކުރު ނަމާދު ކުރައްވާ ވާހަކަ ޓްވީޓަކުން ޝަހީމް އިޝްތިހާރު ކުރައްވައިފިއެވެ. އެއާއެކު ނޫސް ތަކުން ބްރޭކިންގ ނިއުސް ހަދައިގަތްވަރުން މިހާރު ހީވަނީ މާދަމާގެ ހުކުރު ނަމާދަކީ އެއްވެސް އެއްޗެއް ނޫން ހެންނެވެ. އަދި ކިއެއްތަ ހުރިހާ ވެސް އެއްޗަކީ މުއިއްޒު ސިޔާސީ މަގާމުދިން މީހުން ކުރާކަންތަށް ހެންނެވެ.
ފިރުޒުލް ވިޔަސް މާދަން ކުރައްވާނީ އެހެން އިމާމުން ވެސް ކުރައްވާ ކަހަލަ ހުކުރު ނަމާދެކެވެ. ހަމަ އެކަހަލަ ހެދުމަކާ ތާކިހަލެއް އަޅުއްވައިގެން ޚުތުބާ ވިދާޅުވާނީ މިންބަރުގައި ކޮޅަށް ހުންނަވައެވެ. އިހު ޚުތުބާ އާއި ފަހު ޚުތުބާއާ ދެމެދު ހިނދުކޮޅެއް ނަންގަވާނެއެވެ.
ކަންދިމާވާ ގޮތުން ހުކުރު ނަމާދުގެ ކުރިން އިންސާނަކަށް ވާތީ ވައެއް ބޭރުވެ ވުޟޫ ގެެއްލިއްޖެނަމަ ފިރުޒުލެއް ކަމަކު އަލުން ވުޟޫ ކުރައްވާނެއެވެ.