ރައީސް ސޯލިހު ރާއްޖޭގެ ހާލަތު ރަނގަޅުކޮށްފި: މުއިއްޒު
ޑރ. މުއިއްޒަކީ ގުޅިފަޅުން ބިންގަތް ފަރާތްތަކަށް ބަދަލުނުދީ ގޯތިތައް ވަކިކުރި ފަރާތް
ރައީސް ސޯލިހު ރާއްޖޭގެ ހާލަތު ކުރިއަށްވުރެ ރަނގަޅުކޮށް ހާލަތު ބަދަލުކޮށް ފިކަމަށް ޑރ. މުއިއްޒު އެއްބަސްވެ ވަޑައިގެންފިއެވެ. ސަންގު ބަހުސްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު އެކަމަށް އެއްބަސްވެ ވަޑައިގަތީ ބޯހިޔާވަކިމާ ގުޅޭ ގޮތުން ކުރެވުނު ބަހުސްގެ ތެރޭގައެވެ.
7 ފެބްރުއަރީ 2012 ގައި އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ފަހު އުފެދުނު ބަގަވީ ސަރުކާރުގެ ހައުސިން މިނިސްޓަރ ކަމުގައި ހުންނެވީ ޑރ. މުއިއްޒެވެ. 2013ގައި އުފެދުނު ރައީސް ޔާމީނު ސަރުކާރުގެ ވެސް ހައުސިން މިނިސްޓަރަކީ ޑރ. މުއިއްޒެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ގުޅީފަޅުން ގިނަ ބަޔަކަށް ގޯތި ވިއްކިއެވެ. އެގޯތިތައް ގަތް ފަރާތްތަކުން ބޮޑެތި ހަރަދުތައް އެގޯތިތަކަށް ކޮށްފައިވެއެވެ. އެހެން ނަމަވެސް ޑރ. މުއިއްޒުގެ 7 އަހަރުގެ ހައުސިންގ މިނިސްޓަރު ކަމުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ގުޅިފަޅުން ވިއްކި ގޯތިތައް ގަތް މީހުންގެ އަތުން އަތުލިއެވެ. އެއްވެސް ބަދަލެއް ނުދިއެވެ. މާލޭގެ ރައްޔިތުންގެ އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުން ތަކެއްދީ އަނިޔާވެރި ކަމާއެކު އެކަން ކުރުމުގައި ރައީސް ޔާމީނާ ބައިވެރިވެވަޑައިގެން އިސްވެ އެކަން ކުރެއްވީ ޑރ. މުއިއްޒެވެ.
ރައީސް ސޯލިހުވެރި ކަމަށް ވަޑައިގަތުމަށް ފަހު ގުޅީފަޅުން ގޯތި ލިބުނު މީހުނަށް އަދުލުވެރި ބަދަލު ދެއްވާ އެ މީހުންނަށް ތަސައްލީ ހޯއްދަވާ ދެއްވިއެވެ. ހަމަ އެއާއެކު މާލޭ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ހިލޭގޯތި ދޭން ނިންމަވާ ހުޅުމާލެއާއި ގުޅީފަޅާ ގިރާވަރުފަޅުން ގޯތިކަނޑާ މާލޭގެ 18000 މީހުނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.
ޑރ. މުއިއްޒުގެ ވެރިކަމެއްގައިވެސް ރައީސް ސޯލިހު ދޫކުރައްވާ ގޯތިތައް އެ ގޮތުގައި ލިބި ދެވޭނެ ކަމަށާއި އިމާރާތް ކުރެވޭނެ ގޮތް ހައްދަވާ ދެއްވާނެ ކަމަށް ބަހުސްގައި މުއިއްޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ޑރ. މުއިއްޒަކީ ގުޅިފަޅުން ބިންގަތް ފަރާތްތަކަށް ބަދަލުނުދީ ގޯތިތައް ވަކިކުރި ފަރާތްކަމުން މުއިއްޒަށް ދެންވެސް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ސޯލިހު ރައްދު ދެއްވިއެވެ.
ދެއްވި ރައްދުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ އޭރު މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫން ކަމަށެވެ. ގުޅިފަޅާ ޖެހިގެން އޮތް ތިލަފުށިން އަރާދުމުން ގުޅިފަޅުގައި މީހުން ދިރިނޫޅެވޭނެ ކަމަށް ގަބޫލު ކުރެއްވީތީ އެއްވެސް ބަދަލެއް ދިނުމެއްނެތި އަނިޔާވެރިކަމައެކު އެކަން އެގޮތަށް ކުރެއްވީ ކަމަށް މުއިއްޒު އެއްބަސްވެ ވަޑައިގަތެވެ. ތިލަފުށިން ދުން އެރުމުގެ މައްސަލަ މުއިއްޒުގެ ވަޒީރުކަމުގެ ހަތް އަހަރުގައި ހައްލު ނުކުރެވުނު ކަމަށާއި މިހާރު އެހާލަތު ބަދަލުވެފައިވާ ވާކަމަށް ވެސް މުއިއްޒު އެއްބަސްވެ ވަޑައިގަންނެވިއެވެ. ތިލަފުށިން ދުން އެރުމުގެ މައްސަލަ ހައްލު ކުރައްވާފައިވަތީ މިހާރު ގުޅިފަޅަކީ މީހުން އާބާދުކުރަން އެންމެ ރަނގަޅު އެއްތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.