ސްޓެލްކޯ އެމްޑީ މުއައްޒަފުންނާ ބައްދަލު ކުރެއްވުން

އެމްޑީގެ ބައްދަލު ކުރެއްވުމަކީ ސިލްސިލާ ބައްދަލު ކުރެއްވުމެއް

ސްޓެލްކޯ އެމްޑީ މުއައްޒަފުންނާ ބައްދަލު ކުރެއްވުން

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ކުންފުނީގެ މުއައްޒަފުންނާ ބައްދަލުކުރައްވާ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތް ކުރައްވައެވެ. އެގޮތުން ވަކިވަކީންނާއި ގްރޫޕް ގްރޫޕްށާއި ހުރިހާ މުއައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާ އިރުޝާދު ދެއްވުމަކީ އާދައެކެވެ.

މެނޭޖިން ޑިރެކްޓަރު ޝަރީފު މިމަހުގެ 19ވަނަ ދުވަހުގެރޭ ވެސް ވަނީ އެގޮތުން ބޮޑު ބައްދަލުވުމެއް މުއައްޒަފުންނާއެކު ސްޓެލްކޯގައި ބާއްވާފައެވެ. މި ބައްދަލުވުމަކީވެސް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ޝަރީފު ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުނީގެ އެންމެ ފަހުގެ މައުލޫމާތު މުވައްޒަފުންނާއި ހިއްސާ ކުރެއްވުމަށާއި، މުވައްޒަފުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. 

ބައްދަލުވުމުގައި ކުންފުނީގެ މަސައްކަތްތަކާއި ކުންފުނީގެ ކުރިމަގާއި މުއައްޒަފުންގެ ކުރިއެރުމާ ޓީމްވޯކްގެ މައްޗަށް އަލިއަޅުވަލާ މަޝްވަރާ ކުރައްވާ އިރުޝާދު ދެއްވިއެވެ.