މަތިންދާ ބޯޓް ޓެކްސީ
ބްރެޒިލްގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެމްބްރާޔަ އިން ބުނާ ގޮތުގައި 2026 ވަނަ އަހަރުން ފެށިގެން ޖައްވަށް މީހުން ގެންދަން އުއްމީދުކޮށް އިލެކްޓްރިކް ފްލައިން ޓެކްސީ އުފެއްދުމަށް ސައޯ ޕައުލޯ ކައިރީގައި އާ ފެކްޓްރީއެއް އަޅަން ހަމަ ޖެހިއްޖެއެވެ.
އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި އީވް އިން އުފައްދާ މި މަތިންދާބޯޓު ތަކަކީ ހަ ކަސްޓަމަރުންނަށް ޖާގަ ލިބޭ ކުޑަ ހެލިކޮޕްޓަރެއް ކަހަލަ މަތިންދާބޯޓު ތަކެކެވެ.
އޭގެ ދަތުރެއްގެ އަގަކީ މީހަކަށް 50-100 ޑޮލަރު ކަމަށް ލަފާކުރެވެއެވެ.
އެގޮތުން މިއަހަރު ޕްރޮޓޯޓައިޕްއެއް އެސެމްބްލް ކުރެވޭނެ ކަމަށް އެ މީހުން އުންމީދު ކުރެއެވެ. އެމެރިކާގެ ރެގިއުލޭޓަރުން ދާދި ފަހުން ވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅު އެއަރ ޓެކްސީތައް އެ ތަނަށް ދަތުރުކުރާނެ ޓައިމްލައިނެއް ވެސް އާންމުކޮށްފައެވެ.
ކަސްޓަމަރުންނަށް މާ އަގުބޮޑު އެއްޗަކަށް ނުވެ، ތޮއްޖެހިފައިވާ ސިޓީތަކުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެހީތެރި ވެދޭނެ އެއްޗެއްކަމަށް މަތިންދާބޯޓު ވެގެން ދާނޭކަމަށް އެ ކުންފުނިން ވަނީ ބުނެފައިއެވެ. އަދި އެއީ މުދާ އުފުލުމުގެ ބަދަލެއްގެ ގޮތުގައި ވެސް ދެކެވިފައިވެއެވެ.
ފުރަތަމަ ފްލައިޓް ތަކުގައި ޕައިލެޓެއް ހުއްޓަސް ފަހުން ސެލްފް ޕައިލެޓް ވެހިކަލްތައް ރޯލްއައުޓް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނީގެ ޕްލޭންތަކުގައި އެބަހުއްޓެވެ.
މި އުޅަނދުތަކަކީ %100 ކަރަންޓުން ދުއްވާ އުޅަނދު ތަކަކަށް ވެގެންދާއިރު، އެ އުޅަނދުތަކުން ގޭސް ބޭރު ނުކޮށް ދަތުރުތައް ކުރެވިގެންދާނެވެ.