ހަސަންކޮއާއިއެކު ރެޓުން ހޯދި އަނެއްގޮތް
ހުދު މުހުތާރުކަމާ އާދެމަސާހިބުކަން ނޫންކަމެއް ރެޓުންގައިން ފާޅުވެފައެއް ނެތް
ރާއްޖެއިން ފުހެލަން މަސައްކަތް ކުރަމުން ދިޔަ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ވާހަކަ ދައްކަމުން ރެޓުންގެ މުއައްސިސު ހަސަން ލަތީފް ލޭބަރ މިނިސްޓަރު ކަމުގައި ހުރެ އެތައް މިލިޔަނަކުން ދިވެހި ދައުލަތަށް ހިޔާނަތްތެރިވީއެވެ. މޭޑޭ މުޒާހަރާ އިންތިޒާމު ކުރުމުގެ ނަމުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ލައްކަލައްކައިން ފައިސާކަށްވަލީ އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގެ ނަން ބޭނުންކޮށްގެންނެވެ. ފްލޯޓިންގ ސިޓީ ޕްރޮޖެކްޓުން ބައި އަޅައިގެން ހަސަން ލަތީފް ހޯދި ފައިސާ ގަނޑުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ތަންތަނަށް ނިކުމެ އަނގަ ޗޭކުރަން ހަސަން ލަތީފް ލަދު ނުގަންނަކަމެވެ.
އެމްޑީޕީގެ ދަފްތަރުން 3900 އަށްވުރެ ގިނަ މީހުން ވަކިކުރިއްޔޭ ކިޔައިގެން އަނގަ ނުހުޅުވާށެވެ. ޗެއަރޕަރސަން ކަމުގައި ހުރެ މެންބަރޝިޕް ފޯމްތައް އިލެކްޝަނަށް ނުފޮނުވާ މެންބަރުންގެ ދަފްތަރު ސައްހަނުކޮށް ކޮންމެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ހަމައެއް ލަމައެއް ނެތި އިންތިހާބުތައް އޮޅާލަމުން ގެންދިޔައީ ހަސަން ލަތީފެވެ. ރެޓުންގެ ބާރު ކެނޑި އާއްމު މެންބަރުންގެ ބާރު އެމްޑީޕީގައި ހިނގަން ފެށީމާ ދެން ނިކުމެ ދުފާއެއްޗިއްސޭ ނުކިޔާށެވެ.
ޕައިޑްޕައިޕަރއާއި ރެޓުންނަކީ ކޮންބައެއްކަން ރައްޔިތުން ދަސްކޮށްފިއެވެ. ރާއްޖޭގައި ބިރަކާ ނުލާ މަޖާކުރަން ނަގޫނަގައިގެން ވިއްސާރަދުނި ޖަހަން އުޅުނަސް އެކަން ކުރާކަށް ރައްޔިތުން ތިބީ ޖާގަ ދީގެނެއްނޫނެވެ. ދެބެންގެ އޮނުފުމުގައި ޖެހިގެން ލަކިޖެހިޖެހި ތިބޭނީ ރެޓުންނެވެ.
މަޝްވަރާ ކުރުމާއި ކަންކަމުގައި ދެފުށްފެންނަ ގޮތަށް އެއްކަމެއްވެސް 17 އަހަރު ވަންދެން ނުކޮށް ނަޝީދުގެ އަނގައިން ނިކުންނަ ކޮންމެ ބަހަކީ އެމްޑީޕީގެ އުސޫލަށް ހަދައިގެން އުޅުނުގޮތް އެންމެނަށްމެ ފެނުނެވެ. ރެޓުންގެ ޑިމޮކްރެޓިކް އެއްވެސް ވެލިއުސް ނުހުންނަކަން ނުދަންނަ ދިވެއްސަކު ނޫޅެއެވެ. ހޮދު މުހުތާރުކަމާ އާދެ މަސާހިބުކަން ނޫންކަމެއް ރެޓުންގައިން ފާޅުވެފައެއް ނެތެވެ.
ހަސަނާ ދެލޯފުޅާއެވެ. ދަ ޑިމޮކްރެޓްސް ހިންގާނީ އެންމެންގެ ބައިވެރިވުމާއި ކަންކަން ނިންމުމުގާ މަޝްވަރާކޮށްގެން ކަމަށް އަނގަފުރާ ބުނެވިދާނެއެވެ. ތިޔައިގެ ތެރެއަކު ހުދުމުހުތާރު ކަމާއި މަވެތިކަން ނޫން ދެވަނަ ކަމެއް ނުއޮންނާނެއެވެ. ރެޓުން ނިންމާ ކަންކަމުގެ ދެފުށް ފެންނާނީ ނިކަން ރަނގަޅަށް ކާލި އަޅާލަ އަޅާލަ ހުންނަ މީހަކަށް އެކަންޏެވެ.
ރެޓުންގެ މަސައްކަތަކީ ކެނެރީގޭ ނަޝީދު ނޫން މީހަކަށް ވެރިކަން ލިބުނަ ނުދިނުމެވެ. ރެޓުންގެ އަސާސަކީ ކެނެރީގޭ ނަޝީދެވެ. ރެޓުންގެ އުސޫލަކީ ނަޝީދުގެ މަވެތި ހުދު މުހުތާރުކަމެވެ. އެންމެނަށް ތަންމިނަށް އަތް ހުޅުވާލައިގެން ހަސަން ލަތީފް އޮތަސް މައުމޫނަށް ވީވަރުވެސް ވެދާނެއެކޭ ހަމަ ހީއެއް ނުވެއެވެ.