ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން އެސްޓީއޯއިން ގިނަ މަސައްކަތްކުރޭ
އެމްއެސްއެސްގެ ބޯޓުފަހަރުގައި ތިމާވެއްޓާ ރައްޓެހި އާލާތްތައް ވަނީ ހަރުކުރެވިފައި
ކަނޑު ދަތުރުފަތުރަކީ ދިވެހިންގެ ދިރިތިބުމަށާއި ކުރިއެރުމަށް އެންމެ މުހިއްމު ކަންތަކެވެ. ރާއްޖޭގެ ސަރަހައްދުގެ 90 އިންސައްތައަށް ވުރެ ބޮޑު ބަޔަކީ ކަނޑެވެ. ކަނޑުމަގުން ދަތުރުކުރުމަކީ ދިވެހިން ކުރިއެރުމަށް އޮތް މުހިއްމު މަގެވެ. މިމޭރުމުން ވަހަކަފުޅު ދެއްކެވީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ތަޖުރިބާކާރު ކެޕްޓަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްލާ ސައީދު އެވެ.
ގައުމީ ޝިޕިން ކުންފުނި، އެމްއެސްއެސްގެ ފުރަތަމަ އެމްޑީ އަދި ކެޕްޓަން ސައީދު ދުނިޔޭގެ ކަނޑު ދަތުރު ފަތުރުކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖަކީ ފަހަގަ ނުކޮށް ދޫކޮށްލެވެވަރުގެ މެސެޖެއް ނޫނެވެ.
ދުނިޔޭގެ ގަވާއިދުތަކަށް އައި ބަދަލާ ގުޅިގެން ބޯޓުފަހަރުގައި އަންދާ ތެލުގެ ސާފުކަން ވެސް އިތުރުކުރެވިފައިވާކަމަށާއި އޭގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރެވިފައިވާކަމަށް ކެޕްޓަން އަބްދުއްލާ ސައީދު ވިދާޅުވެއެވެ.
ކަނޑުމަތީގެ ރައްކާތެރިކަމާއި، ތިމާވެށީގެ ރައްކާތެރިކަމުގެ ޝިއާރުގެ ދަށުން މިއަހަރު ފާހަގަކުރި ކަނޑުދަތުރުފަތުރުކުރާ މީހުންގެ ދުވަހާ ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްލާ ސައީދު ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އެމްއެސްއެސްގެ ބޯޓުފަހަރުގައި ތިމާވެއްޓާ ރައްޓެހި އާލާތްތައް ހަރުކުރެވިފައިވާ ކަން އޭނާ ފާހަގަކުރައްވައެވެ.