އ.ދ އިން ތޯލިބާނުންގެ ނިންމުން ކުއްވެރިކޮއްފި!

އެންމެ ކަންބޮޑުވާ ކަމަކީ އެހީފޯރުކޮށްދިނުމަށް ގޮންޖެހުމާ ކުރިމަތިލާން ޖެހުން

އ.ދ އިން ތޯލިބާނުންގެ ނިންމުން ކުއްވެރިކޮއްފި!

އަފްޣާނިސްތާނުގެ އަންހެނުންނަށް އދ.ގައި މަސައްކަތް ކުރުން މަނާކުރުމަށް ތޯލިބާނުން ނިންމި ނިންމުން ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ބުރާސްފަތި ދުވަހު ގަރާރެއް ނެރެފިއެވެ. އެގަރާރުގައި ވަނީ ތާލިބާނުންގެ ލީޑަރުންގެ ނިންމުން އަބުރާ ގެންދިއުމައް ގޮވާލާފައެވެ. 15 މެމްބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރުގައި އަފްޣާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދިންގެ ހަމަހަމާކަމާއި އަދި ރައްކާތެރިކަމާއި ފުރިހަމަ ބައިވެރިވުގެ މުހިންމުކަން ފާހަގަ ކޮށްފައިވެއެވެ.

ޢާންމު ދިރިއުޅުމުން އަންހެނުން ބާރުވެރިކަން ފޮހެލާފައިވާ ސިޔާސަތުތަކަށް އަވަސް ބަދަލުތަކެއް ގެނައުމަށް ހަރުކަށި ފިކުރުގެ ވެރިންނަށް ނުފޫޒު ފޯރުވާ ހުރިހާ ޤައުމުތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އިލްތިމާސްކޮށް ގޮވާލާފާވެއެވެ.

ތޯލިބާނުންގެ މި ނިންމުމާ ގުޅިގެން އެންމެ ކަންބޮޑުވާ ކަމަކީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މިޝަންއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުން ކަމަށް އ.ދ އިން ބުނެއެވެ.

އދ.އިން ބުނާގޮތުގައި އަފްޣާނިސްތާނުގައި 28.3 މިލިއަން މީހުންނަށް މި އަހަރު އެހީތެރިކަން ދޭން ބޭނުންވެއެވެ. މިއީ ރެކޯޑު އަދަދެއް ކަމަށާއި މިއީ ދުނިޔޭގައި ހިންގާ އެންމެ ބޮޑު އެހީގެ އޮޕަރޭޝަން ކަމަށްވެއެވެ.