ރިޔާސީ އިންތިހާބުގައި ފެންނާނީ ސޯލިހާ ޝާޒްގެ ތަފާތު.
ސިކުނޑީގެ މަޅިތަކުން ނެއްޓި ބުއްދި ވީއްލުން
ނިމިދިޔަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ފެނުނީ 15 ވަރަކަށް އަހަރު ތެރޭ ގުރައިދޫ ދާއިރާގައި އެމްޑީޕީ ފައިތިލަ ސާބިތު ކުރި މިންވަރެވެ. ޕާޓީއެއްގެ ފަލްސަފާއާއި އަސާސް ތަކުން ރައްޔިތުންނަށް އަންނަ ހެޔޮ ބަދަލުގެ އަސަރު ހިތްތަކަށް ކުރަމުންދާ މިންވަރެވެ.
ރަށްރަށުގެ އާންމު ހާލަތު ބަދަލުވެ ދިރިއުޅުމުގެ ހުސްތަން ބަދަހިވަމުން ދާކަމުގެ އިހުސާސް ރައްޔިތުންނަށް ކުރަމުންދާ މިންވަރެވެ. ޒަމާނުއްސުރެ ބަޔަކު ގަބޫލު ކުރާ ސިކުނޑީގެ މަޅިތަކުން ނެއްޓި ބުއްދި ވީއްލުމަކީ ލަސްލަހުން އިންސާނާއަށް އަންނަ ބަދަލެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެތްތެރި، މަޑުމައިރި އަދި ހަމަ ހަމަ ސިޔާސަތުގެ ސަބަބުން ގުރައިދޫ ދާއިރާއަށް އައިސްފައިވާ ބަދަލަކީ މުޅި ރާއްޖެއަށް ނިސްބަތް ވާނެ ނަމޫނާ އެކެވެ.
އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމުގައިވާ އިބްރާހީމް ޝާޒް އާއި ހުސައިން ރިޒާގެ ހުރި ތަފާތާ ފަރަގު އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ ގުރައިދޫ ރައްޔިތުންނަށެވެ. އެކެއްގެ ޕްލަސް އަދި އަނެކެއްގެ މައިނަސް ވަޒަން ކުރެވޭނީ އެ މީހުންނަށެވެ. މަރުޙޫމް އިބްރާހީމް ރިޒާއާއި އެ އާއިލާއަށް އޮތް ހަމްދަރުދީ ބޮޑެވެ. ޝާޒްއަކީ ވެރިކަން ކުރާ މައި ޕާޓީ ތަމްސީލު ކުރި ކެންޑިޑޭޓެވެ.
ކުރިއަށް އޮތީ މި އަހަރުގެ ރިޔާސީ އިންތިހާބެވެ. އެ އިންތިހާބުގައި ރައްޔިތުން ވޯޓްދޭން ހުންނާނީ އިބްރާހިމް ޝާޒެއް ނޫނެވެ. އަދި ކިއެއްތަ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައމަދު ސޯލިހެވެ. ޝާޒްގެ ކާމިޔާބީ އަކީ އެމްޑީޕީއެވެ. އޭގެ މައްޗަށް ރައީސް ސޯލިހު ކާމިޔާބު ކުރައްވަން އޮތީ ރަށްތަކުގެ ތަފާތެއް ނެތް އަސާސީ ހިދުމަތާ ތަރައްގީއާއި ސިއްހަތާއި ތައުލީމާއި ކެތްތެރި ކަމާ ގައުމީ މަޞްލަޙަތާ ހަމަޖެހުމުންނެވެ.
ރަނގަޅަށް ދެކެން ތިބޭށެވެ. މި ފަހަރު މޮޅުވި އިބްރާހީމް ޝާޒަކީ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހެއް ނޫންކަން ގުރައިދޫ ދާއިރާގެ ރިޔާސީ އިންތިހާބްގެ ނަތީޖާއިން ފިސާރި ބޮޑުކޮށް އެ މަނިކުފާނު ދައްކަވާނެއެވެ.