އެމްޑީޕީގެ ރައީސް ޕީޕީއެމްއަށް ރިފޯމްވެފާ!

ހަމައެކަނި ހިޔާލުތަފާތީ "އިންޑީއާ އައުޓް"

އެމްޑީޕީގެ ރައީސް ޕީޕީއެމްއަށް ރިފޯމްވެފާ!

ޑާއާރުޕީން އަލީ ވަހީދާއި އަލްހާނު ގެނެސް އެމްޑީޕީގެ އިސްސަފުން ޖާގަދެއްވާ އެމްޑީޕީގެ ތަޅު ދަނޑި ޑީއާރުޕީއަށް ދެއްވީ ރައީސް ނަޝީދެވެ. ޑީއާރުޕީގެ ޒައީމްގެނެސް ބޮޑު ގޮނޑީގައިވަޑުވާ މައުމޫނިޒަމް އެމްޑީޕީގެ ތެރެއަށް ވައްދަވާ "ތިޔައީ ޒައީމެ ލޮބުވެތި ދިވެހި ގައުމު ފަހުރުވެރިވާ" ލަވަ އެމްޑީޕީ މީހުން ލައްވާ ކިޔުއްވީ ވެސް އެމްޑީޕީގެ ރައީސެވެ. މުޅި އެމްޑީޕީގައި އަބްދުﷲ ޝާހިދު ވަރުގެ ބޭފުޅެއް ނެތިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓް ޝާހިދަން ދެއްވަން ލޮބީ ކުރައްވާ ހެއްދެވީވެސް އެމްޑީޕީގެ ރައީސް ނަޝީދެވެ. ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެން އެމްޑީޕީއަށްޓަކާ ޖާނާ މާލުން ގުރުބާންވެ ވަޑައިގަންނަވާ އެތައް ބޭފުޅުންނަށް ކުޑައިމީސް ކުރައްވާ ޕާޓީ ފަސާދައިގެ ތެރެއަށް ވައްޓަވާލެއްވީ ވެސް ރައީސް ނަޝީދެވެ. ދުވަހަކު ވެސް ކަމެއްގައި އިބޫ ސާލިހާ ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވީ ވެސް ރައީސް ނަޝީދެވެ. އެވަގުތަކު ސިޔާސީ މަންފާއެއް އަމިއްލަފުޅަށް ހޯއްދެވޭނެ ގޮތަކީ މީހެއްގެ އަނބުރު ކަތިލެއްވުން ކަމަށް ވިޔަސް އެކަމެއް ކުރައްވަން ރައީސް ނަޝީދު ފަސްޖެހި ވަޑައެއް ނުގަންނަވައެވެ. 

ކުރިއްސުރެ ކުރިއަށް ނެރުއްވާ ޕްރަމޯޓްކުރެއްވި ފިކުރާ ދެކޮޅަށް ކޮންމެ ކަމެއް ވެސް ކުރައްވަން ރައީސް ނަޝީދު ނުބައްލަވައެވެ. އެމްޑީޕީގެ މުޅިފަލްސަފާއާ ހިލާފަށް އަމިއްލަފުޅު މަސްލަހަތުގައި ނުކުރައްވާނެ އެއްވެސް ކަމެއް ރައީސް ނަޝީދުގެ ނެތެވެ. އެމީހަކާ ދިވެހިވެރިކަމާ ނުބައްސަން ބުނެ ބޮޑުތަނުން ފެއިލްކޮށްލާފައި ހުންނެވި ކުރީގެ ރައީސް ޔާމީނުގެ އެންމެ ވިސްނުންފުޅެއްނޫން ހުރިހާ ވިސްނުންފުޅެއް ރައީސް ނަޝީދަށް މިހާރު ކަމު ހިނގައްޖެއެވެ. ރައީސް ޔާމީނަކީ ތަސައްވުރު ހުރި ތައުލީމީ ތޫނުފިލި މޮޅު ބޭފުޅަކަށް ރައީސް ނަޝީދަށް ވެވަޑައިގެންފިއެވެ. އިންޑީއާ އައުޓު ހުއްޓާލައިފި ނަމަ ރައީސް ނަޝީދަށް ޕީޕީއެމްވަރެއް މިހާރަކު ނެތެވެ. 

އެމްޑީޕީގެ ރައީސްގެ މިހާރުގެ ހާލުކޮޅަކީ އެއީއެވެ. ޕީޕީއެމްގެ ފަސްބައިގައި އެލިވަޑައިގެން ވެސް ރައީސް ނަޝީދު ބޭނުންފުޅު ވެވަޑައިގަންނަވަނީ އެމްޑީޕި ސަރުކާރެއް އުފެދުނަ ނުދެއްވުމެވެ. އެ މަނުކުފާނަށް ވެރިކަން ފަހިނުވާ އެއްވެސް ގޮތެއް އެމްޑީޕީގެ ތެރެއިން ފެނިވަޑައިގަންނަ އިރަށް އެމްޑީޕީގެ އެހެން މީހަކު ވެރިކަމަށް އަޔަ ނުދެއްވުމަކީ އެމަނިކުފާނުގެ އަމާޒަށް އޮންނަްނީ ވެފައެވެ. ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުން ވެސް އެމްޑީޕީގައި ވެރިކަން އޮތުމަށްވުރެ ރައީސް ނަޝީދުގެ ހިތްޕުޅަށް ތަސައްލީ އަކަށްވެއެވެ.