ބަނގުރޫޓް ލަވަކިޔަނީ ހަޖަމުނުވެގެން: މެންބަރު ނިހާދު

ސަރުކާރުން ހިންގާ ބިޔަ މަޝްރޫއު ތަކުގެ ތެރޭގައި އައްޑޫގައި މަޝްރޫތައް ހިމެނޭ

ބަނގުރޫޓް ލަވަކިޔަނީ ހަޖަމުނުވެގެން: މެންބަރު ނިހާދު

އަޑު ހަރުކޮށް ބަޔަކު މީހުން ބަނގުރޫޓް ވާ ލަވަ ކިޔަނީ ކީއްވެކަން ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނިހާދު (ފޭދޫ މީހާ) ސާފުކޮށް ދެއްވައިފިއެވެ. ނިހާދު ވިދާޅުވާ ގޮތުގައި ރާއްޖެ ބަނގުރޫޓު ވުމުގެ ވާހަކައަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މިހާރު ހިންގާ ބޮޑެތި މަޝްރޫއުތައް ހިނގާތަން ފެނި އެކަން ހަޖަމުނުވެގެން ދައްކާ ވާހަކައެކެވެ. 

ރައީސް ސާލިހު ސަރުކާރުން މުޅިރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކުން ރާއްޖެއަށް ގެނެވޭ ހެޔޮ ބަދަލު ބަޔަކަށް ހަޖަމު ނުވެގެން އެ ކަންކަން ހުއްޓުވަން ފަތުރާފިނަވެރި ވާހަކައެއް ކަމަށް އެ ދައްކާ ބަނގުރޫޓް ވުމުގެ ވާހަކަ ނިހާދު ސިފަކުރައްވައެވެ.

ނިހާދު ވިދާޅުވާ ގޮތުގައި މި ސަރުކާރުން މުޅިރާއްޖޭގައި ހިންގާ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއު ތަކުގެ ތެރޭގައި އައްޑޫގައި ސަރުކާރުން ހިންގާ މަޝްރޫތައް ވެސް ހިމެނޭ ކަމަށް ފޭދޫ ދާއިރާގެ މެންބަރު ވިދާޅުވެއެވެ. 

ބަނގުރޫޓު ވާ ލަވައަކީ ސަރުކާރު ބަލިކޮށް މަޝްރޫއުތައް ހިންގުން ހުއްޓުވުމުގެ ބޭނުމުގައި ކިޔާ ލަވައެއް ކަމަށް ނިހާދު ވިދާޅުވެއެވެ. އެހެނެއް ކަމަކު ބަލިކަށިކޮށް މަޝްރޫއުތައް ހިންގުން ނުހުއްޓުވޭނެ ކަމަށް ނިހާދު ވިދާޅުވެއެވެ.