މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް، އަމާޒެއް ނެތުން: ޝާހިދު

ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން

މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް، އަމާޒެއް ނެތުން: ޝާހިދު

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި "ހާއްސަ ޔުނިޓެއް" އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި "ހާއްސަ ޔުނިޓެއް" އުފައްދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް ރައީސް އަމިއްލަފުޅަށް އިއުތިރާފުވުން ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. 

ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުއްލާ ޝަހިދު ވިދާޅުވާ ގޮތުގައި މަޝްރޫއުތައް ބަލާނެ ފަރާތްތަކާއި އެމަސައްކަތް ކުރާނެ ފަރާތްތައް މިހާރުވެސް ނިޒާމުގައި އެބަތިއްބެވެ.

"މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް އަދި އަމާޒެއް ނެތުން" ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޮނަރަބަލް ޝާހީދު ތުހުމަތުކުރައްވާ ގޮތުގައި ކުރަން މިއުޅޭހާވެސް ކަމަކީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުމެވެ. 

ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ މަޝްރޫއުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވައުދުތައް ފުދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކޮޅުގައި ހިނގަމުންއައި ތަރައްގީގެ މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ މުއިއްޒު ސަރުކާރުން ކަމަށް ވެސް އެމްޑީޕީގެ ރައީސް ވިދާޅުވެއެވެ.