ޝާހިދުގެ ހާރިޖީ ހިދުމަތުގެ ފޮނިމީރުކަން ރާއްޖެއަށް ދަނީ ލިބެމުން

2027 އިން 2029 އަށް އދ. ގެ އީކޯސޮކް މެންބަރަކަށް ދިވެހިރާއްޖެވުން

ޝާހިދުގެ ހާރިޖީ ހިދުމަތުގެ ފޮނިމީރުކަން ރާއްޖެއަށް ދަނީ ލިބެމުން

ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގައި އޮނަރަބަލް އަބްދުއްލާ ޝާހިދު ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ފޮނި މީރުކަން ރާއްޖެއަށް މިހާރުވެސް އަންނަނީ ލިބެމުންނެވެ. ހާރިޖީ ދާއިރާއިން ގައުމަށް މަތިވެރި ހިދުމަތްތަކުގެ ހެޔޮނަތީޖާ މެދުނުކެނޑި ރާއްޖެއަށް ދަނީ ލިބެމުންނެވެ. 

އެގޮތުން ކުރެއްވި ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބެއް ރާއްޖެއަށް މިހާރު އެވަނީ ލިބިފައެވެ. އޮނަރަބަލް ޝާހިދު އިސްވެ ހުންނަވައިގެން އދ ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހުގެ (އީކޯސޮކް) މެންބަރަކަށް ދިވެހިރާއްޖެ ހެދުމަށް 2022 ވަނަ އަހަރު ހުށަހެޅިއެވެ. ކޮންމެ މީހަކު މެޑެލި ޖަހަން މިހާރު އުޅުނަސް އުޅުނަސް އެ ހަގީގަތް ބަދަލެއް ނުވާނެއެވެ.

އދ ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހުގެ (އީކޯސޮކް) މެންބަރަކަށް ދިވެހިރާއްޖެ ވުމަށް އޮނަރަބަލް ޝާހިދު މަސައްކަތް ކުރެއްވީ އދ. ގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށެވެ. ބައިނަލްއަގުވާމީ ނިންމުންތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް، މާނަހުރި ހިއްސާއެއް ވުމުގެ މަތިވެރި މަގްސަދުގައެވެ.

ނަތީޖާއެއްގެ ގޮތުން 2027 އިން 2029 އަށް އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހުގެ (އީކޯސޮކް) މެންބަރަކަށް ދިވެހިރާއްޖެ މިހާރު އެވަނީ އިންތިހާބުވެފައެވެ. ފުރަތަމަ ފަހަރަށް އީކޯސޮކް މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބުވުމަކީ އޮނަރަބަލް ޝަހިދުގެ އިސްނެންގެވުމުން ރާއްޖެއަށް ލިބުނު ކާމިޔާބެކެވެ. 

އީކޯސޮކްއިން ރާއްޖެއަށް ގޮނޑިއެއް ލިބުމަކީ ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ގިނަ އަހަރުތަކެއް ވަންދެން ކުރަމުންދާ ވަކާލާތާއި، ދައްކަމުންދާ އިސްނެގުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އަދާކުރަމުންދާ މުހިންމު ދައުރު ދުނިޔޭން ބަލައިގަތްކަމުގެ ހެއްކެކެވެ.

ރާއްޖެއަށް ލިބުނު މި ތާރީހީ ކާމިޔާބީ ހޯދައިދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ދިވެހި ހާރިޖިއްޔާގެ "ޓީމް ހާރިޖީ" އަށް ކުރީގެ ހާރިޖީ ވަޒީރު އަދި އދ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ މިހާރުގެ އިދިކޮޅު ލީޑަރ އޮނަރަބަލް އަބްދުއްލާ ޝަހިދު ވަނީ އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވާފައެވެ.