ފުރަތަމަ ސްޕީޗުން ވެސް މޫސާ ޖަލީލް ފޭލިވެއްޖެ

ފުރަތަމަ ސްޕީޗުން ވެސް މޫސާ ޖަލީލް ފޭލިވެއްޖެ

މުއިއްޒަކީ މޭޔަރަކަށް ވީ ދުވަހުން ފެށިގެން ޕީޕީއެމް ޕީއެންސީމެމްބަރުންނަށް އޮޅުވާލައިގެން، ދޮގާއި މަކަރުން ވެރިކަމަށް ތައްޔާރުވި މީހެކެވެ.  ކުރީގެ މޭޔަރ ޝިފާއަށް މެރިންޑްރައިވްގައި ހުރި ޕެޓްރޯލް ޝެޑެށް ނުނެގިގެން ފުރައްސާރަ ކުރި މީހެކެވެ. 

މުއިއްޒަކީ ލޯކަލް މާރުކޭޓާއި މަސްމާރުކޭޓު ޒަމާނީ ފެންވަރަކަށް ހަދާދޭނެ ކަމުގެ ވަައުދާއި އެކު މޭޔަރު ކަމަށް އައި މީހެކެވެ. މާލޭގެ ޕާކިންގ އާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން އައި މީހެކެވެ.  އެކަމަކު އަދިވެސް ކަންކަން ހުރީ އިހު ހުރި ގޮތަށެވެ.

މުއިއްޒަކީ ޕާކިން ޒޯނުތައް ބައި އެޅޭ ގޮތަށް ވިއްކި ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. މާލޭގެ މުހިންމު ބިންތައް އަމިއްލަ މަންފާއަށް ވިއްކި ކަމުގެ ތުހުމަތު އިންތިހާއަށް ކުރެވޭ މީހެކެވެ. އައުސަހަރާ މިސްކިތް ތަޅާލާ ރިޔާސީ ކެންޕޭނަށް އެޕްރޮޖެކްޓް ފުޅިއްސާލުމުގެ ތުހުމަތު އޮތް މީހެކެވެ. 

މޫސާ އަލީ ޖަލީލަކީ އަސްކަރީ ގޮތުން ކުޅަދާނަ މީހެކެވެ. ސިޔާސީ ގޮތުން އެއްވެސް ހުނަރެއް ތަޖުރިބާއެއް ނެތް މީހެކެވެ. 

މުއިއްޒު ހިނގި މަގުން މޫސާ ޖަލީލް ހިނގާނަމަ މާލޭ ރައްޔިތުންނަށް ވާނެ ގެއްލުން ވަޒަން ކުރަން ވެސް ނޭގެޢެވެ.  މުއިއްޒު ހިނގި މަގުން ހިގާނެ ކަމަށް ޖަލީލު ބުނި ބުނުން މުޅިއުމުރުގައި  ކުރި އަސްކަރީ ހިދުމަތަށް ވެސް ހުތުރެވެ.

މޭޔަރ ކަމަކީ ކުރުނީސްކޮށް ޔޭސް ސަރ ކިޔަން ޖެހޭ މަގާމެއް ނުނެވެ. އެތަނުގައި ހިދުމަތް ކުރަންޖެހޭނީ ސިވިލއަނުންނަށެވެ. ފުރަތަމަ ސްޕީޗުންވެސް ފެނިގެންދިޔައިީ މުއިއްޒުގެ ކުރިމަތި  ބޯ ގުދުކޮށް ކުރުނީސްކުރާ އަޅެއއ ހަމަ ތެދެކެވެ.  މޫސާ ޖަލީލުގެ ފުރަތަމަ ޕަބްލިކް ސްޕީޗުންވެސް ފެއިލް ވެއްޖެއެވެ.