ހޯރަފުށީ ސިރީ ނަވަރަންނަ އައްޑަނަ ރައީސް ސޯލިހަށް

ހޯރަފުށީ ސިރީ ނަވަރަންނަ އައްޑަނަ ރައީސް ސޯލިހަށް

ހޯރަފުށި ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ޖަލްސާއެއްގައި ރައީސްސޯލިހަށް ސިރީ ނަވަރަންނަ އައްޑަނަ އެވޯޑް ހޯރަފުށިން އަރުވައިފިއެވެ. ސިރީ ނަވަރަންނަ އައްޑަނަ އެވޯޑް އަކީ ހޯރަފުށީގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު ސޯލިހުއަށް އެރުވީ ހޯރަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ ސޯލިހުއަކީ ހޯރަފުށީގެ ތަރައްގީގެ ހަގީގީ "ކިންގު" ކަމަށެވެ. ރައީސް ސޯލިހަކީ ހޯރަފުށީގެ ބާނީ ކަމަށް ވިދާޅުވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ހިންގު އެތައް މިލިއަން ރުފިޔާގެ މަޝްރޫއުން ހޯރަފުށި ބަދަލުކޮށްލި ކަމަށެވެ. 

"މަނިކުފާނުގެ ވެރިކަމުގައި މި ރަށް ދިޔައީ ތިޔާގިވެ ކުރިއަރައިގެން، ވަޒީފާގެ ދޮރުކޮޅުތައް އިންތިހާއަށް ހުޅުވިގެން، ތަރައްގީ އާއި ތަމައްދުންގައި މި ރަށް ދިޔައީ ރޯޝަންވެ އުޖާލާވެގެން، އާދެ! ލޮބުވެތި ރައީސް، ހޯރަފުށީގެ މުސްތަގުބަލަށްޓަކައި މަނިކުފާނު ގެނެސްދެއްވި ބިޔަ މަޝްރޫއުތަކުގެ ހަގީގީ ތަރައްގީގެ އަގުވަޒަން ކުރާނެ ގޮތެއް ނެތް،" ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ހއ. ހޯރަފުށީގެ ތަރައްގީއަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވި ކަންތައްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ރަށު ރައްޔިތުންގެ ފަރާތުން ހާއްސަ އެވޯޑެއް އެރުވީ ރޭގައި ހޯރަފުށީގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. ހޯރަފުށީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ސިރީ ނަވަރަންނަ އައްޑަނަ އެވޯޑް އާއި ހަވާލުވެ ވަޑައިގަތީ ރައީސް ސޯލިހެވެ.

އެކި ދާއިރާތަކުން ހޯރަފުށްޓަށް ހިދުމަތްކޮށްދިން އަދި މަތީ ވަނަތައް ހާސިލުކުރި ހޯރަފުށީ ރައްޔިތުންނަށް އިނާމު ދިނުން ވެސް ރޭގެ ޖަލްސާގައި އޮތެވެ. ހޯރަފުށި ދުވަސް ފާހަގަކުރަން ފެށީ 2022 ވަނަ އަހަރެވެ.