ހޭނައްތައިގެން ގެނައިމަ ހޭއަރާ އިރަށް އެދިޔައީ!

ކަނޑު ބޯވަ ވަދެ އުޅޭކަށް ނޯންނާނެޔޭ ހަރެއް ވަކި
ބަނޑުގޮސް ފުރާލަފާނޭ ދީގެން ފަޔެއް ހިފަންހަކި
ނުކުރާނަމޭ ބުނާހާ ހުރިހާ ކަމެއް ކުރަން ތުކި
ކުކުރާނުލާ ކިޔާފައި ދުވެފައި ދެޔޭ ނުވާން ރަކި
ހޭނެތިފަ އޮންނަ ވަގުތަކު ނުޖެހޭނެތާ ވަރަށް ލަކި
ހޭނެތި ދިޔުން ފިލީމާ ރައްކާއެވީ ޖަހާ ބޮކި
މި ހުރީވެސް ދުނިޔެ ދައްކާ ހަގީގަތެވެ. ހަދާނާ ތާރީހަށްޓަކާ މީވެސް އިބުރަތެވެ. ދެން އޮންނަ ޖަލްސާއަކަށް އަރާ ވަށިވަށިން މަހުލޫފު ވެސް އެމްޑީޕީ އަށް ދޭނެއެވެ. ތިމާއަކީ ނިމިދިޔަ ސަރުކާރުގެ ނުފޫޒުގަދަ ވަޒީރެއް ކަމެއް ހަނދާނެއް ނުހުންނާނެއެވެ. ބޯކޮށް ލިބެންޏާ ހިމަންދޫ ޒަރީރާއި ފޭދޫ ނިހާދު ކަހަލަ ކަނޑު ބޯވައަކަށް މަހުލޫފު ވަކި ނުވާންވީ ކަމެއް ނެތްތާއެވެ.