ދައުލަތް ދަވާލާ އިގުތިސޯދު ފުނޑާލީ ޔާމީނާއި އޭނާގެ ދަރިވަރުން

ދައުލަތް ދަވާލާ އިގުތިސޯދު ފުނޑާލީ ޔާމީނާއި އޭނާގެ ދަރިވަރުން

ރާއްޖޭގެ އިގުތިސޯދު ފުޑާލީ ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. އިންތިހާ ދަރަޖައިގެ ރަނގަޅު ހާލަތުގައި ދުނިޔޭގެ އިގުތިސޯދު އޮތްއިރު ރާއްޖޭގެ ވެރިކަމުގައިހުރެ ޔާމީނު ދައުލަތް ދަވާލުމުގެ ނަތީޖާ މިއަދު މި ފެންނަނީއެވެ. 

ރާއްޖޭގައި އޮތިއްޔާ އޮތްތަނެއް ވިއްކައިގެން ލިބުނުހާ ފައިސާ ދައުލަތަށް ނުވައްދާ އަމިއްލަ އަންބޮޑިއަށް އަޅާލި މީހަކީ ޔާމީނެވެ. މިހާތަނަށް ކޯޓުތަކުގައި ހިނގާދިޔަ ބޮޑެތި ހިޔާނާތުގެ ކޮންމެ މައްސަލައެއްގައި ޔާމީނަށް ބައިއެޅިފައި ހުރިކަމީ ފެންނަން އޮތް ހަގީގަތެކެވެ.

ވޮޑުމުލާ މައްސަލައަކަސް ވ.އާރަށު މައްސަލައަކަސް ޔާމީނުގެ އަމިއްލަ އަންބޮޑިއަށް ފައިސާ ވަނތްކަމަށް ނުބެލެވޭ މައްސަލައެއް ކޯޓެއްގައި ނުހިނގައެވެ. ޔާމީނަކީ މީސްމީހުނާ ދިމާލަށް ވައްކަމުގެ އިނގިލި ދިއްކުރެވޭ ވަރަށްވުރެ މާ ބޮޑު ވަގެއްކަމަށް ދެނަހުރި މީހުން ކިޔަތެވެ. 

ދިވެހި ފައިސާގެ އައު ނޫޓް ޖަހައިގެން ރުފިޔާ ޕެލެޓްތައް ގެއްލުނުކަމަށް ހަދާ އެ ނޫޓްތައް ދިރުވާލީވެސް ޔާމީނު ކަމަށް ހެކިލިބެއެވެ. އެވަރު މީހަކު އެހެން މީހުން ރުފިޔާޖަހާ ވާހަކަ ދެއްކީމާ އަންނަނީ ހިންޏެވެ. އަނެއްކޮޅުން އަދީބު އާއި ޒިޔަތު ދައުލަތުން ދަވާލި ކޮންމެ އެއްޗަކީ ވެސް ސީދާ ޔާމީނަށް އެނގިގެން ރުހިގެން ދިރުވާލި އެއްޗެކެވެ.

ކައިގެންވެސް ކަންތައްތަކެއް ކޮށްދީފައި ޔާމީނު އެބަހުރި ކަމަށްބުނާ މީހުންނަށް ނޭނގޭ ކަމަކީ ކޮށްފާ ހުރިއްޔާ ހުރިކަމަކީ ދިގު މުއްދަތުގެ ބިޔަ ލޯނު ނަގައިގެން އޭގެން ވެސް ބައެއް ދިރުވާލައިގެން ކުރިކަންކަން ކަމެވެ. މުޅި ރާއްޖޭގެ އެތައް ތަނެއް ވިއްކާލައިގެން ކައިފުރާލައިގެން އިނދެ މުސްތަގުބަލު މޯގޭޖުކޮށްގެން ޔާމީނު ކުރީ މަދުކަމެކެވެ. ބޮޑަށްކުރީ ވައްކަމެވެ.

ޔާމީނު ނެގިހާ ބިލާދަރު ލޯނުތަކާއި ބޮންޑުތައް ބައިވަރެވެ. ވެރިކަމުން ވެއްޓުނު އިރުވެސް ދައްކަންޖެހި ނުދައްކާ އޮތް ދުއިސައްތަ އެތައް މިލިޔަނުގެ ސަނީ ސައިޑް ބޮންޑެއް އޮތެވެ. ވެރިކަމުގެ ހަނީމޫނު ޕީރިއަޑްގައި ދައްކަން ޖެހުނީ ސޯލިހު ސަރުކާރަށެވެ. 

ދައުލަތުގެ މިހާރުގެ ދަރަނީގެ ބޮޑު ހިއްސާއެއް ޔާމީނުގެ ވެރިކަމުން މި ވެރިކަމާ ހަމަޔަށް ވާރުތަވުމުން އިގްތިސޯދު ފުނޑާލުމުގެ މޭސްތިރިއަކީ ޔާމީނުކަން ކިތަންމެހާވެސް ސާފެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުންނަކީ ވެސް ދައުލަތްދަވާލުމުގައި ހައްތަހާވެސް ޔާމީނުގެ ދަރިވަރުންނެވެ.