ނަހީކުރެއްވިހާ ކަމެއްކުރުމުގައި މުއިއްޒު ވަރުގެ ދިވެއްސަކުމަދު!

ދިވެހިންނަކީ ގުރުއާނުގައި ނަހީ ކުރައްވާފައި ވާހާކަމެއް ކުރާ ބައެއްކަމަށް ބުނެ ދިވެހިރައްޔިތުންގެ ދީންވެރިކަމަށް ޑރ.މުއިއްޒު ފުރައްސާރަ ކުރުން ބަލައެއް ނުގަނެވެއެވެ. ގައުމުގެ އެންމެ މަތީވެރިޔާގެ މަގާމުގައިހުރެ ހުރިހާ ދިވެހިންނަށް ކުޑައިމީސް ކުރިކުރުމަކީ ކުޑަކުޑަ ކަމެއްނޫނެވެ. ހުރިހާ ދިވެހިންނަކީ ނަހީ ކުރައްވަފައިވާ ކަންކަމަށް އަރައިގަންނަ ބައެއްނުނެވެ.
ނަހީ ކުރައްވަފައިވާ ކަންކަމުގެ ތެރޭގައި ދިވެހިން ނުކުރާ ކަމެއް ނެތްކަމަށް ބުނެ ދިވެހި ރައްޔިތުން ކުށްވެރިކުރި ފުރަތަމަ ރައީސްއަކީ މުއިއްޒެވެ. އެންމެހާ ރައްޔިޔުން ފާފަތަކުން ދުރުކުރުމުގެ ޒިންމާއައި ހަވާލުވެގެން ހުރެ ރައްޔިތުން ފާފަވެރިވެފާ ތިބިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭ މީޙަކީ ޑރ. މުއިއްޒެވެ.
ކީރިތި ގުރުއާނުން އެކަންކަމާ ދުރުވާން އަންގަވާފައިވާ ކަންކަން އެންމެ ފާޅުކަން ބޮޑުކޮށް ކުރާ އެކަކީ ސައްތައިން ސައްތަ އިސްލާމީ މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ނަހީކުރެއްވި އެތައްކަމެއް ފާޅުގައި އަމިއްލައަށް ކުރަމުން ސަރުކާރުން އިންތިޒާމްކޮށް ތަރުތީބުން މުންކަރާތްތަކަށް އަރައިގަނެއެވެ. ބޭނުން ކަމެއް ކުރުމަށް ހަލާލެއް ހަރާމެއް ނުބަލައެވެ.
މުއިއްޒަކީ ރޯމާދުވާލު ބޮޑެތި ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލަމުންދާ މީހެކެވެ. ދައުލަތިގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރި ވަނީ މަދެއް ސުމާރެއްކޮށް ނޫނެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު ނެގުން ހުރީ ކަށީގެ މަދުގައި ހިފާފައެވެ. އިސްރާފުކުރުމާއި ކިބުރުވެރިކަމުގައި ދެވަނައެއް ނެތެވެ. މުއިއްޒު ވެރިކަމުގައި ހުރުމަށް ހަތިޔާރެއްގެ ގޮތުގައި ނޫނީ ދީނުގެ ޝިއާރުތައް ބޭނުމެއް ނުކުރެއެވެ.
ޖުމްލަކޮށް މުއިއްޒުގެ އުޅުންތަކާއި ގުޅުންތައް ހުންނަނީ އިސްލާމީ ހަމަތަކާ ދިމާދެކޮޅަށެވެ. ނަހީކުރެއްވި ކަންކަން ކުރުމުގައި މުއިއްޒު ހަރުބީ ކާފަރަކަށްވެސް ދުލެއްނުކުރެއެވެ.