ބިރުދައްކައި ކަޅުތެޔޮޖަހައިގެން ފަހަތަކަށް ނުޖެއްސޭނެ: ރައީސް ސޯލިހު

އެމްޑީޕީގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ މަންދީ ޒުބައިރަށް ބިރުދައްކައި ކަޅުތެޔޮޖަހައި ދިން ހަމަލާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
ރައީސް ސޯލިހު ވިދާޅުވީ "މި ފިނޑި އަމަލަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑުކިޔާ އެންމެންނަށް ބިރުދެއްކުމަށް ކުރި ކަމެއް" ކަމަށެވެ.
" މިކަހަލަ ބިރުދެއްކުމާއި ފިއްތުންތަކަށް އެމްޑީޕީ ނުސިހޭނެކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ފަހަތަށް ނުޖެހި ކުރިއަށް ދާނެކަމަށެވެ.
މަންދީ ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހީ ރައީސް މުއިއްޒުގެ ދަރިކަލަކަށް މަންދީ ގަނާކުރި ކަމަށް ތުހުމަތުކޮށް މަހާ ރެހެންދި ސާޖިދާ މުހައްމަދު ދައުވާ ކުރާނެކަމަށް އިއުލަނުކޮށްފައިވާ ދަނޑި ވަޅެއްގައެވެ. މަންދި ޒުބައިރުގެ މަށްޗަށް ދޮގު ތުހުމަތެއްކޮށް ރައީސް މުއިއްޒުގެ މުޅި ސަރުކާރާއި ޕީއެންސީ މަންދީ ޒުބައިރަށް ކެނޑިނޭޅި ދަނީ ގޯނާކުރަމުންނެވެ.
ކަޅުތެޔޮ ޖެހުމަކީވެސް މުއިއްޒު ސަރުކާރަށް އަޅުދާސްވެފައިވާ ބަޔަކު ރައީސް މުއިއްޒުގެ އާއިލާއާއި ސަރުކާރުން ވާގި ލިބިގެން ކުރި ފިނޑި އަމަލެއް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.