މުއިއްޒުގެ ގޮނޑިކޮއްކޮ ފަނޑިޔާރުންނަކީ ކޮންބައެއް؟

މުއިއްޒުގެ ގޮނޑިކޮއްކޮ ފަނޑިޔާރުންނަކީ ކޮންބައެއް؟

ރާއްޖޭގައި މިހާރު އޮންނަންޖެހޭނީ މުއިއްޒުގެ ކޯޓުތަކެވެ. އެތަންތާ ތިބޭނީވެސް މުއިއްޒު ބޭނުންވާ ބައެކެވެ. ހުސްނުއްސުއޫދާއި އަޒްމިރަލްދާއާއި މަހާޒުމެންނަކީ ނަޒަހާތްތެރި ކަމަކަށް މިހާރަކު ނުވާނެއެވެ. އެމީހުން ކޯޓުތަކުގައި ތިބެން ނުޖެހޭ އެތައްހާސް ސަބަބެއް ދައްކާނެއެވެ. މުއިއްޒުގެ ގޮނޑިކޮއްކޮ ކޯޓަކަށް ސްޕްރީމްކޯޓު ހަދާލެވޭނީ ހުސްނުއްސުއޫދު ކަހަލަ މީހުން ބޭރުކޮށްގެންނެވެ. 

ސުއޫދުމެން ބޭރުކޮށްފައި މުއިއްޒުގެ ސްޕްރީމް ކޯޓަށް އައުމަށް ފައިނަގައިގެން އެތިބީ ކޮންބައެއް ހެއްޔެވެ. ފިސާރި ނަޒާހަތްތެރި ދުވަހަކު ސިޔާސީ ކަމެއްގައި ހޭކިލާފައިވެސް ނުވާ ސާފު ސީދާ މީހުން ހެއްޔެވެ. ބަންޑާރަ ބޮޑުނައިބު އަހުމަދު އުޝާމެއް އައްބާސް ޝަރީފެއް މުހުތާޒު މުހުސިނެއް އަބްދުއްލާ ދީދީއެއް ކިޔާނެކަމެއް ނެތެވެ. ހައްތަހާވެސް ފަސްމީރު ކުރި ރުކެވެ. އަމްދުން އުޝާމްގެ ވާހަކަ ދެއްކުމެއް ނެތެވެ. 

ހަމަ ގައިމުވެސް އައްބާސް ޝަރީފަކީ މުއިއްޒުގެ ސިޔާސީ މަގާމެއްގައި ހުރެފައި ޕީޖީކަމަށް ސަވާރުވެހުރި މީހެކެވެ. އަނބި ކަނބުލޭގެ ހުންނަނީ މުއިއްޒުގެ ސިޔާސީ މަގާމެއްގައި ބެންކޮކްގައި ދިވެހި އެންބަސީގައެވެ. އެހެންވީމާ ސްޕްރީމް ކޯޓުގެ ބެންޗަށް އައްބާސް ޝަރީފް ހިނގައްޖެނަމަ ނަޒާހަތްތެރިކަން ކޯދުލާ އަރާނެވަރު ހިތައް އަރުވާލާށެވެ. 

މުހުތާޒް މުހުސިންނަކީ ޕީޖީކަމުގައި ހުރެގެން އަގު ކަނޑައަޅައިގެން ރިޝްވަތު ނަގައިގެން ދައުލަތުން ދައުވާ ކުރި އެތައް މައްސަލައެއް ޝަރީއަތް ނުގިންގާ އަނބުރާގެނަސް އޮއްބާލައިގެން ހުރި މީހެކެވެ. ސާބިތު އެތައް މައްސަލައެއް ދައުވާނުކޮށް ހިންދާލާފައި ހުރި މީހެކެވެ. ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރުމުގެ އަމުރެއް މެޖިސްޓްރޭޓް ކޯޓަކުން ނެރެން އުޅެނިކޮށް ފަޅާއަރައިގެން ޝަރީއަތް ހިންގާ އަދަބު ކަނޑައެޅުނު މީހެކެވެ. 

އަބްދުއްލާ ދީދީއަކީ ފަނޑިޔާރު ކަމުގައިހުރެ ވަކިޕާޓީއަކަށް ފާޅުގައި ކެންޕޭނުކޮށް ސްޕްރީމް ކޯޓުގެ ކަރާމާތް ގެއްލުވާލާފައިވާ މީހެކެވެ. ސްޕްރީމް ކޯޓުގެ ބެންޗްގައި އިނުމަށް އިތުބާރުނެތިގެން ފަނޑިޔާރުކަމުން ވަކިކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މީހެކެވެ. މަޖިލީހުން ވަކިކުރުމުގެ ކުރިން އަމިއްލައަށް ފަނޑިޔާރުކަމުން ވަކިވެފައިވާ ސިޔާސީ މީހެކެވެ. މިހާރުވެސް ހުރީ މުއިއްޒުގެ ސިޔާސީ މަގާމެއްގައި ރައީސް އޮފީހުގައެވެ. 

ފަނޑިޔާރު ހުސްނުއްސުއޫދު އިންނަވަން ކަމުނުދާކަމަށް ބުނާ ސްޕްރީމް ކޯޓް ބެންޗަށް އަންހެނަކަށްވީތީ ޢާޒީމާ ޝަކޫރު ކޮލިފައިނުވެ އުޝާމާއި އައްބާސް ޝަރީފާއި މުހުތާޒު މުހުސިނާއި އަބްދުއްލާދީދީ ވަރެއް ހަމަ ނުތިބޭނެއެވެ