ސާޖިދާއަށް ދޮޅުހާސް ނުދީ ހެދިކާ ނުވިއްކޭނެ!

ގެވެހި ކަނބަލުން އެކަނބަލުންގެ ހުސްވަގުތުގައި ގޭގައި ތިބެގެން އެކި ފާޑުގެ ލުއި މަސައްކަތް ކުރެއެވެ. ކަނބަލުން އެކި ކަހަލަ މަސައްކަތް ކުރަނީ ބޮޑު ފައިދަ ހޯދަން ކުރާ ވިޔަފާރިއެއްގެ ގޮތުގައެއް ނޫނެވެ.
ހެދިކާ ހަދުމާއި ކިއްލިތެޅުމާއި ފެހުމާ ކޭކުއެޅުން ފަދަ ކަންކަން ކުރުމަކީ އެ ކަނބަލުންގެ ހިތްހަޖެހުމަށް ޒަމާނުއްސުރެ ކޮށްއުޅޭ އާއްމު ކަންކަމެވެ.
އަމިއްލަ ބޭނުމަށްވުރެ އިތުރަށް އުފެއްދޭ ތަކެތި ވިއްކާލުމަކީވެސް އެގޮތުން ކޮށްއުޅޭ ކަމެކެވެ. ކަނބަލުން އެގޮތަށް އުފައްދާ އެއްޗެތި ވިއްކައިގެން އާއްމު ހަރަދުތައް ހަމަޖައްސާލުމަކީ އެފަދަތަކެތި ވިއްކާލުމުގެ ބޭނުމެވެ.
ކަނބަލުންކުރާ އެފަދަ ލުއިމަސައްކަތުން ތަކެތި އުފައްދާ ވިއްކައިގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދެއެވެ. އެހެންކަމުން ގެވިހި ކަނބަލުން އުފައްދަ ތަކެތި ވިއްކުމުގައި ސޯޝަލް މީޑިއާގައި އިސްތިހާރު ކޮށްގެން މާކެޓް ހޯދާއުޅެއެވެ.
މުއިއްޒު ސަރުކާރުގެ ޖީބުކެނޑުމުގެ ސިޔާސަތުގެ ދަށުން ގެވެހި ކަނބަލުންގެ ޖީބުތަކަށްވެސް މިހާރު އެއޮތީ އަތްބާނަފައެވެ. ސާޖިދައަށް 1500 ރުފިޔާ ނުދީ ގުޅަބޯކިބާ ކޮޅެއްވެސް ނުވިއްކޭ ގޮތް ހެދީއެވެ.
ފޭސް ބުކާއި އިންސްޓަގްރާމް ފަދަ މީޑިއާ ވަސީލަތެއްގައި ކުޑަވެސް އިސްތިހަރެއް ކޮށްލައިފިނަމަ ހަތަރެސްކަން ހަމަވީއެވެ. ގަވައިދެއް ހަދައިގެން ކަނބަލުންގެ ޖީބު ކަނޑަން ފެށީއެވެ.
ހެދިކާކޮޅެއް ވިޔަސް ވިއްކަން އިސްތިހާރެއް ކޮށްލައިފި ނަމަ އިސްތިހާރުގައި އޮތް ނަންބަރަށް ގުޅާ ފަހާ ދުއްވައި ގަންނާނެއެވެ. ސިފައިން ފޮނުވައިގެން ވިޔަސް ކޮންމެ މަހަކު 1500ރ ސާޖިދާ ދަމައިގަންނަނެއެވެ.