ސްޕްރީމް ކޯޓުގެ ހުކުމުގެކުރިން އަދުރޭ ވަކިކުރާނެ!

ނަމިރާ ނާޒިމު އެހުރީ މުއިއްޒު ދެންދެނޭ ބުނަންދެން

ސްޕްރީމް ކޯޓުގެ ހުކުމުގެކުރިން އަދުރޭ ވަކިކުރާނެ!
ދުންފަތުގެ އިސްތުމާލުކުރުމަކީ ގެއްލުން ހުރިކަމެއް

އަދުރޭއަކީ މުއިއްޒުގެ ރޯލް މޮޑެލަށްވީ ކޮރަކަށްޔަށް ކަޅުއޮށް މުހިންމު ވާހެނެވެ. މުއިއްޒަކީ ކޮރަކަލީގެ ހަމަ ގެންގުޅޭ މީހެއްކަން އަދުރޭއަށް އެނގެން ވާނެއެވެ. ބެދޭމަޅި އަދުރޭއަށްވެސް ނުފެނުނީތާއެވެ.

މުއިއްޒަށް އަދުރޭ މުހިންމުވީ ޕްރޮގްރެސިވްކޯލިޝަންގެ ރިޔާސީ ޓިކެޓް ހޯދާށެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ތާއީދު ހޯދައިގެން ވެރިކަން ހޯދާށެވެ. ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވުނަ ނުދޭށެވެ. ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ކަހާލުމަށެވެ. މަޖިލީހުގެ ކޮންޓްރޯލް މުއިއްޒު ހޯދާ ޕީޕީއެމް އުވާލެވެން ދެނެވެ. 

އަދުރޭގެ ފަރާތުން ހާސިލް ކުރަންޖެހޭ ހުރިހާކަމެއް ހާސިލް ވަންދެން މުއިއްޒު ހުރީ އަދުރޭ އެޅިހާ ބަތަކަށް ރިހަވެގެންނެވެ. އަދުރޭ ބުނިހާ މީހަކަށް ބުނިފެންވަރެއްގެ ވަޒީފާއެއް ދިނެވެ. ދައުލަތުގެ ތެރެއިން އަދުރޭ ބޭނުންކަމެއް ބޭނުން ގޮތަކަށް ވާން އޮތީ ދޫކޮށްލާފައެވެ. ރައްޔިތުންގެ މަޖިލިސް ވެސް ހިތަކަށް އޮތީ ދީފައެވެ. 

މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ ދިވެހިރާއްޖޭގެ ސިޔާސީ ޖީވަން ނަމިރާ ނާޒިމަށް ވުރެވެސް މުއިއްޒަށް އެ ވަގުތަށް މުހިންމުވީ އަދުރޭއެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ވެސް އަދުރޭއަށް ހިބައިން ދިނީއެވެ. މަޖިލީހުގެ ރައީސް ކަމުގައި އަދުރޭ ބައިންދައިގެން ދައުލަތުގެ ބާރުތައް މުއިއްޒުގެ މުށުތެރެއަށް ކަހަމުން ކަހަމުން ގޮސް މަޖިލިސްވެސް ރީތިކޮށް މުއިއްޒުގެ މުށުތެރެއަށްލީ އަދުރޭ ލައްވައެވެ. މަޖިލީހުގެ ރައީސްކަމަށް ދޮންވެ ފައްކާވެފާ ނަމިރާ ނާޒިމު އެހުރީ މުއިއްޒު ދެންދެނޭ ބުނަންދެނެވެ. ދަންވަރު ތުއްތު މަނިކުގެ ތަރިކަ މުޑަގަނޑަކަށް މުޅި ދައުލަތް ބަދަލުކޮށްލަން އެތިބީ ފޫގަޅާފައެވެ.  

ދުވަހު ނޫހަކަށް އަދުރޭ ދެއްވި ބަސްދީގަތުމެއް

އަދުރޭ ބޭނުންވިޔަސް ނުވިޔަސް މުއިއްޒަށް މިހާރަކު އަދުރޭގެ ބޭނުމެއް ނެތެވެ. އަދުރޭގެ ދެލޯ ނޭދިއެދޭ ދަރިފުޅު ފައިސަލް ވަޒީރުކަމުން ވަކިކުރުމުން އަދުރޭގެ ބޭނުން މުއިއްޒަށް ކެނޑިއްޖެކަން ވަރަށް ސާފެވެ. 

ކޮންމެ ގޮތަކަށް ދައުލަތު ކަންކަން  ކުރިޔަސް މުއިއްޒާ ދެކޮޅަށް މަޖިލިހުން ކުރެވޭނެ ކަމެއް މިއަދަކު ނެތެވެ. މުއިއްޒު ކުރާކަމަކާ ސުވާލެއް ކޮށްލެވޭވަރުގެ ތަނަކަށް ރައްޔިތުންގެ މަޖިލިސް މިއަދު ނުވެއެވެ. ކަމެއް ކުރިޔަސް ނުކުރިޔަސް މުއިއްޒު ނުރުހިއްޖެ ކޮންމެ މީހެއްގެ ގޮނޑި ގެއްލުވާލެވޭ ވަރަށް މުއިއްޒު އަތްމަށްޗަށް ދައުލަތް އަދުޜޭ އިސްވެހުރެ އެއޮތީ ކަހާލަދީފައެވެ. އެކަމުގެ ހިތިރަހަ އެންމެ ފުރަތަމަވެސް ލާންޖެހޭނީ އަދުރޭގެ ކަރުބުޑުގާތާއެވެ.

މުއިއްޒުގެ އެންމެ އިޝާރާތަކުން މަޖިލިސްގެ ރައީސްކަމާއި މަޖިލިސް މެންބަރުކަމުން އަދުރޭ ވަކިކޮށްލާނެއެވެ. ގޮނޑިގެއްލޭ ގާނޫނަށް ސްޕްރިމްކޯޓުން ހުކުން ކުރުމުގެ ކުރިން އަދުރޭއަށް މަޖިލިސްގެ ރައީސްކަމާއި މަޖިލިސް މެންބަރުކަން ނުގެއްލި އޮވެދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.