ކުރީގެ ބަންޑާރަނައިބުން ބަންޑާރަ ބިމަށް މަޑަޖެހުން

ކުރީގެ ބަންޑާރަނައިބުން ބަންޑާރަ ބިމަށް މަޑަޖެހުން

ރަޢީސް ސޯލިހުގެސަރުކާރާ ފެޔަށް ޖެހުމަށް ފަހުގައި، ޗާގޯސް މައްސަލަ ފެންމަތިވުމުން ރައީސް ނަސީދުގެ ރާގުވެސް ވަނީ ބަދަލުވެފައެވެ. ދައްކަވަން އުޅުއްވީ ޚުދު އެ މަނިކުފާނު ވެސް އިމުގެ މައްސަލައިގައި ގެންގުޅުއްވި ސިޔާސަތަކީ ގެއްލުން ބޮޑު ސިޔާސަތެއް ކަމަށެވެ. އަދި، ޗާގޯސްގެ ރަށްތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ދެއްކެވީ ހައްތަހާ ވެސް ސިޔާސީ ވާހަކަފުޅުތަކެވެ. މިއީ ސިޔާސީ ބޭފުޅުން، އެ ބޭފުޅުން ބޭނުންވާ ސިޔާސީ މަގުސަދު ހާސިލުކުރައްވަން ގެންގުޅުއްވާ ހަޔާތްކުޑަ ވިސްނުމެވެ. ބޮލައް ތެޔޮއަރައިފައި އިން ގިތޮލެއް ތެޅޭ ވަރަށް ތެޅެން ޖެހޭ އެހެން ސަބަބެއް ނުވަތަ ސަބަބުތަކެއް ވެސް އޮންނާނެއެވެ.

ރާއްޖެއިން އަބަދުވެސް މިކަމުގައި ވަކާލާތު ކުރަމުން ދިޔައީ މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސަވާ ގައުމަކަށް މުހިންމު މައްސަލައަކަށް ވާތީ، މި މައްސަލައިގައި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން، ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއު ކޮށްގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއަކުން ޤައުމުގެ ބޮޑުބައެއް ގެއްލިއްޖެއޭ" ބުނެ މާ ބޮޑު ޕްރެސް ކޮންފަރެންސެއް އިދިކޮޅުން ރާވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އޭގައި ނަގައިގަތް ބަންޑާރަ ނައިބުންނާ ފުންނާބު އުސް ޤާނޫނީ ވަކީލުން ހިމެނޭނެ ވާހަކަވެސް އައީ އިސްތިހާރު ކުރަމުންނެވެ. އެބުނާ ބަންޑާރަ ނައިބުން ތަކެއްގެ ތެރޭން ޑރ. މުނައްވަރު ކިޔާ ބަންޑާރަނައިބުގެ ދުލުކުރިން އަބަދުވެސް ނުކުންނަނީ ގެއަށް "ކަނޑާލާ" މިބަހެވެ.

ޗާގޯސް އެއީ ކޮންބައެއްގެ ތަނެއްކަމާއި، ދިވެހިން އެތަން ހޯދަން ކުރި މަސަތްކަތް ބުނެނުދެވުނުތާ، ކިހިލިފަތާ، ފޫކޮޅާ، ތުނބުޅި ހިރުވާ ވަރުން އެތަން ތަން ކަހަމުން ބުނެވުނީ ޗާގޮސް އެއީ ދުވަހަކުވެސް ދިވެހިންގެ ތަނެއް ނޫންކަމަށެވެ. މިއޮތީ އިދިކޮޅު އެއްވެ ވެރިކަން ވައްޓާލަން ތައްޔާރު ވެފައެވެ. އިހުގެ މާޒީ ގެނެސް އިއާދަ ކުރާނަމޭ ބުނެއެވެ. 23 އިއްތިހާދު ގެނެސް މި ފުރޮޅާލަނީއޭ ބުނާފަދައެވެ. ދެން އެތާތިބި އެހެން ބޭފުޅުންގެ އަނގަމަތީ ތަފާލަކުން ޖެހިފަދައެވެ.  ބުނާ ކަހަލައެވެ. މިއޮއް ހުރިހާ ދުވަހު އިދިކޮޅުން ސަރުކާރަށް ބަވާ ނެގީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެއެވެ. މުނައްވަރެއް ކަމަކު ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އިދިކޮޅުން ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ހަދައި މިސަރުކާރުން އެތަން ވިއްކާލިކަމަށް ދައްކާ ވާހަކަތައް ތިޔަ ހުއްޓުވާލީއެވެ. ތިޔަ ޖެއްސެވީ ބަންޑާރަބިމަށް މަޑައެވެ.