ފުރައްސާރަކުރަން މުއިއްޒު ސަރުކާރުން މުސާރަދޭ!
ދުނިޔޭގެ ތާކުން ދުވަހެއްގައިވެސް މިފާޑުގެ ވެރިކަމެއް ކުރާާ ބަޔަކު ދުށީމުހެއްޔެވެ. ބަޔަކަށް ސަރުކާރުން ބޮޑު މުސާރަދީގެން ތިމާމެންގެ ރައްޔިތުންނާ ދިމާކޮށް ފުރައްސާރަ ކުރާ ސަރުކާރެއް ދުށީމުހެއްޔެވެ. ރައީސް މުއިއްޒު ބަޔަކަށް ބޮޑު މުސާރަ ދީގެން ގައުމުގައި ފިތުނަ އުފެއްދުމާއި ވަކިވަކި ރައްޔިތުންނާ ދިމާކޮށް ފަސާދަ އުފެއްދުމަކީ ސަރުކާރު މުއައްޒަފުންގެ ޒިންމާއަކަށް ވާޖިބަކަށް ވަނީ ހަދާފައެވެ.
މުއިއްޒުގެ ސިޔާސަތަށް ފާޑުކިޔާ މީހުންނާއި ވާދަވެރި ސިޔާސީ ވެރިންގެ މައްޗަށް ސާބިތުނުހިފޭ ވާހަކަ ދެއްކުވުމާއި ސިޔާސީ ހަސަދަވެރިކަން އާލާކުރުން ނޫން ކަމެއް ބައެއް މުއައްޒިފުންނަކަށް ނޯވެއެވެ. ވެރިކަމުގެ އާރާ ބާރުގައި ހުރެގެން ވަކިވަކި ރައްޔިތުނާ ދިމާކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް ބަޔަކަށް ސަރުކާރުން ވަޒީފާދީގެން ހިންގަނީ ގައުމު ފަނާކުރުމުގެ ޖަރީމާއެވެ.
ސަރުކާރުން ހިންގާ ޖަރީމާތަށް މަތިއަޅާ ފޯކަސް ބަދަލުކުރުމަށް ބަޔަކަށް ސަރުކާރުން މުސާރަދީގެން ދައުލަތުގެ ފައިސާތަޅާ ހުސްކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ހައްދަވައިގެން ކުރާ އެހެން އެއްވެސް ކަމެއްނެތި މީސް މީޑިއާގައި ފަސާދަކުރުން ނޫންކަމެއް ނުކުރާ ސިޔާސީވެރިން މުއިއްޒު ސަރުކާރުގައި އެބަތިއްބެވެ. އެއްވާނަކަށް މުޅިކެބިނެޓާއި މަޖިލީހާއި މުޅި ސަރުކާރު ކުދިކުދި ކަންކަމުގައި ދިފާއަށްފައިބާ މީސްމީޑިއާގައި އެނބުރި ގަންނަނީވެސް މަދެއް ސުމާރެއްކޮށް ނޫނެވެ.
ވެރިކަމުގެ އަރާ ބާރުގައި ތިބޭއިރު ސަރުކާރުން ވަކިވަކި ރައްޔިތުންނާ ދިމާކޮށްލައިގެން އުޅުމުގެ ހައްގެއް ނުއޮންނާނެއެވެ. ސަރުކާރަކީ މުއިއްޒާ ޕީއެންސީގެ މިލްކެއްނޫނެވެ. ރައްޔިތު އެންމެންގެ މިލްކެކެވެ. ރައްޔިތުންގެ ސަރުކާރަކުން ވަކިވަކި ރައްޔިތުންނާ ދިމާކޮށް ބަދަލުހިފާ ޖަދަލުކޮށް ނުހަދާނެއެވެ. ކުރެވޭ ތުހުމަތުތަކަށް ގާނޫނީ ހަމަތަކުން އަޅަންޖެހޭ ފިޔަވަޅެއް އަޅަނީއެވެ. އެއާއި ހިލާފަށް އިންސާފު ގާއިމުކުރުމުގެ އާރާބާރުގައިތިބެ އެކަންނުކޮށް މީސްމީޑިއާގައި އަނބުރާ ގޭހުން ނެރެވޭނީ ނަފުރަތާއި ދެކޮޅުވެރިކަމެވެ. ހީވާ ހީވުމާއި ދެކޭހާ ގޮތަކަށް ކަންކަން ހާމަކޮށް މުޖުތަމައުގެ ހަމަޖެހުން ނަގާލުމަކީ ސަރުކާރަކުން ކުރެވިގެންވާނެ ކަމެއްނޫނެވެ.
ޖަމާއަތުގެ ޒިންމާތަކާ މަތިވެގެން ތިބޭ މީހުނަށް އާއްމުންނާއި ވާދަވެރިން ފާރަވެރިވުމާއި ތުހުމަތުކުރުމާއި ފާޑުކިޔުން ކުރިމަތި ނުވާނެކަމަށް ހީކޮށްގެން ނުވާނެއެވެ. އަމްދުން ދައުލަތް ހިންގަން ހަވާލުވާ މީހާގައި އެ ކެރުމާއި ހިތްވަރު ނެތި ސަރުކާރުން މުސާރަ ދީގެން އާއްމު ރައްޔިތުންނަށް އާޑަފުރައްސާރަ ކުރަން ދިމާކުރީމާ އާއްމުން ހަޔާތް ކެނޑޭނެއެވެ. ގާނޫނާއި ގަވައިދުތައް ތަންފީޒު ކުރަން ތިބިމީހުން އެކަން ދޫކޮށްލާފާ އާރެއް ބާރެއް ނެތް މީހުންގެ ދަރަޖައަށް ވެއްޓި ފަސާދަ އާއްމުކުރުމަކީ ގައުމު ފާލުން ނައްޓުވާލަން މުއިއްޒު ކުރާކަމެކެވެ.