ޑިމޮކްރެޓީކް ހަމަތައް ދެމިއޮތުމުގެ ޔަގީންކަންދަނީ ނެތެމުން:ފައްޔާޒު

އޮގަސްޓް 12،13 އާއި ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް

ޑިމޮކްރެޓީކް ހަމަތައް ދެމިއޮތުމުގެ ޔަގީންކަންދަނީ ނެތެމުން:ފައްޔާޒު

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހަކީ އިއްތިފާގުން އަޅުގަނޑުމެންގެ ތާރީހީ އޮގަސްޓް 12-13 ގެ މުޒާހަރާތަކުގެ އަހަރީ ދުވަހެވެ. އޮގަސްޓް 12-13 ގެ މުޒާހަރާއަށް ވިހި އަހަރު ފުރުނީއެވެ. ދުވަހުގެ ތަހުނިޔާ އެންމެހާ ޒުވާނުންނަށާއި އިސްލާހީ ހަރަކާތްތެރިންނަށް އެމްޑީޕީގެ ޗެއަރޕާސަން ފޮނުއްވައިފިއެވެ. 

ތަހުނިޔާ ވިދާޅުވުމުގެ ގޮތުން އެމްޑީޕީގެ ޗެއަރޕާސަން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ މީގެ 20 އަހަރު ކުރިން ދިވެހިން ތެދުވީ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ކަމަށެވެ. ފައްޔާޒު ވިދާޅުވާހެން އަނެއްކާވެސް މިއޮތީ ހުދުމުތާރު ވެރިކަމަކަށް ވެރިކަމުގެ ބާރުތައް ފުރޮޅާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވަން ތެދުވަންޖެހިފައެވެ. 

އިއްޔެގެ ޒުވާނުންނަކީ ރައްޔިތުންގެ އަޑު އުފުލުމުގައި ސިޔާސީ ފިއްތުންތަކާއި ބިރުވެރިކަމުން އެއްކިބާވެފައިވާ މުސްތަގުބަލަކަށް ގޮވާލުމުގައި ފަސްޖެހުނު ބައެއް ނޫނެވެ. ލެއާއި ދާ އޮހުރުވައިގެން ހޯދުނު ޑިމޮކްރެޓީކް ހަމަތައް ދެމިއޮތުމުގެ ޔަގީންކަން މިހާރު ދަނީ ނެތެމުންނެވެ. ޑިމޮކްރެޓިކް ވެލިއުސްތައް ނައްތާލަމުންދާ ވަގުތެއްގައި ހޯދިފައިވާ ކުރިއެރުންތައް ދިފާއުކޮށް ރައްކާތެރި ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހެވޭކަށް ނެތެވެ.

އެންމެ ކުރީގައި ޒުވާނުން ތިބެ އެކުގައި އަތުގުޅާލައިގެން ކުރިއަށް ދިޔުމުގެ ބާރަކަށް ޒުވާނުންވުމަށް ފައްޔާޒު އިސްމާއީލު ގޮވާލައްވަނީ އެހެން ވެގެންނެވެ. އަދުގެ ޒުވާނުންގެ ބައިވެރިވުން އިތުރުކޮށްގެން ގައުމު ބައްޓަންކޮށް އެންމެންނަށްވެސް ފާގަތި މުސްތަގުބަލެއް ކަށަވަރުކޮށް ދިނުމަށް އެމްޑީޕީގެ ޗެއަރޕާސަން ހިއްވަރު ދެއްވަނީ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ މަންމައަކީ އެމްޑީޕީކަމަށްވާތީއެވެ.