ރަފާހުން މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލަނީ!

3500 ކުދިން ބަނޑަށް މަރުވަނީ

ރަފާހުން މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ފިލަނީ!

އެއް މިލިއަނަށްވުރެ ގިނަ މީހުން ރަފާހުން  ފިލަން މަޖުބޫރުވެއްޖެއެވެ. ގައްޒާގެ އެކި ހިސާބުތަކަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 40 މީހުން ޝަހީދުކޮށްލުމާއި އެކު އެއް މިލިއަނަށް ވުރެ ގިނަ މީހުން ރަފާހުން އެ މީހުންގެ ގެދޮރު ދޫކޮށްލައިފިއެވެ.

ގައްޒާގެ އުތުރުގެ ސިޓީތަކުގައި އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަނެއް ހިންގިތާ މާގިނައިރުތަކެއް ނުވެ ޖަބަލިއާ އާއި ބައިތު ހަނޫން "ޑިޒާސްޓާ އޭރިއާ"ގެ ގޮތުގައި ވަނީ އިއުލާން ކޮށްފައެވެ.

ގައްޒާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރަފާހަށް އެހީ ފޯރުކޮށްދިނުން ހުއްޓުވުމުގެ މަސައްކަތް އިޒްރޭލުން ދަނީ ކުރަމުންނެވެ. ބަނޑުހައިހޫނު ކަމުގެ ސަބަބުން މަރުވުމުގެ ނުރައްކާ 3،500 އަށް ވުރެ ގިނަ ކުދިނަށް އެބައޮތެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުންދާ  ލާއިންސާނީ އަނިޔާތަކުގައި ފަލަސްތީނުގެ 36،479 މީހުން ޝަހީދުވެ، 82،777 މީހުން ވަނީ ޒަހަމްވެފައިވެއެވެ.