އަގަށް ދުންމާރި ފުމެދޭ ކަސްބީން މުއިއްޒަށް މަޖިލިސް ނޮޅާލަދިނުން!

ވަޒީރުން ޢައްޔަނު ކުރުމަކީ ރައީސަށް އެކަނި އޮތް ދުސްތޫރީބާރެއް ނޫން!

އަގަށް ދުންމާރި ފުމެދޭ ކަސްބީން މުއިއްޒަށް މަޖިލިސް ނޮޅާލަދިނުން!

މަޖިލީހުގައި އަދި އެއުޅެނީ ޕާޓީގެ ވިއްސަކަށް މެންބަރުން ހަމަ ނުވެގެނެވެ. އެތެރޭންނާއި ބޭރުން މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅަން މުއިއްޒު ފެށީއެވެ. ސިޔާސީ މަގާމް ދީފައި ތިބި ސަތޭކައެއްހާ މީހުން ގްރީން ޒޯނަށް ނެރެގެން މަގުމަތީގައި މުޒާހަރާ ކުރަންފެށީއެވެ. ރައްޔިތުންގެ މަޖިލީހުގެ ފާރު މައްޗަށް އަރާ މަޖިލީހުގެ ގޯތިތެރެއަށް އޮށްގާވެސް އުކީއެވެ. 

އެންމެ ހަތަރު ވަޒީރަކަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅުން ބުނުމުން މުޅި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވީއެވެ. ކަމަކަށް ވާކަހަލަ ކަމެން ޖެހިއްޖެއްޔާ ކިހާވަރަކުން ދާނެބާވައެވެ. މިކަހަލަ ސިޔާސީ ހަސްނެތް ގަމާރަކަށް މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލު ލިބިއްޖެނަމަ ގައުމު ހަފާ ކާނެއެވެ.

އަގަށް ދުންމާރި ފުމެން ބޭންޕާޓީއެއް ހޯދައިގެން މަޖިލީހުގައި ދުންމާރި ފުމެން ފެށީއެވެ. ހަށި ވިއްކާ މެންބަރުން ކޮޅު ނެރެގެން މުއިއްޒުގެ ގުރުބާން ކަންބަޅި ތަކަކަށް ހަދައިގެން މަޖިލިސް ހުއްޓުވަން ގައިވީދަން ފެށީއެވެ.

ސަރުކާރު ހުއްޓުވާ ކަމުގެ ބަހަނާގައި ރައްޔިތުންގެ މަޖިލިސްގެ ވާޖިބަށް މުއިއްޒު ހުރަސް ގާނޫނީ އަސާސީގެ ބާރު ކަނޑުވާލުމެވެ. އެހެނީ ވަޒީރުން ޢައްޔަނު ކުރުމުގެ މަސްއޫލިއްޔަތަކީ ހަމައެކަނި، ރައީސުލް ޖުމްހޫރިއްޔާއަށް ދޫކޮށްލެވިފައި އޮތް ދުސްތޫރީބާރެއް ނޫނެވެ.

ރައްޔިތުން މަޖިލިހުގެ ރުހުން ހޯދާން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެ ފާސްކޮށްފައި އެ އޮތީ ކަމެއް ވެގެންނެވެ. ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ކެމްޕޭނަށް ފައިސާދޭ މާފިއާ ޑޮނުންނާއި ބޭނުންހާ ވަގުންނާއި ގުންޑާއިން ޕަބްލިކް އޮފީސް ތަކަށް ނުވައްދަން ވެގެންނެވެ. އަނިޔާވެރިނާއި ޕާޓޭގޭންގު ތަކުގެ އަތްމައްޗަށް ދައުލަތް ހިންގުމުގެ ބާރުތައް ދޫކޮށް ނުލާން ވެގެންނެވެ.

ރާއްޖޭގެ ރައީސްކަމަށް މިފަހަރު އެރުވިފައި ހުރީ ގޭންގް ސްޓާރެކޭ ނުބުނާ ވަރެއް ނޫނެވެ. ވަޒީރުންގެ ތެރެއިން ބަޔަކަށް ރުހުން ނުދޭނެކަމަށް އިދިކޮޅުން ބުނުމުން މަރުގެ އިންޒާރު ދިނުމާއި މަގުމަތިން މެންބަރުންނަށް ހަމަލާ ދިނުމަކީ ގޭންގްތަކުން ކޮންޓްރޯލުކުރާ ސަރުކާރެއް ކަންކަށަވަރުވެގެން ދިޔަކަމެކެވެ.

މަޖިލީހުގައި މެންބަރުން ދޭވޯޓު ވަކިގޮތަކަށް ދިނުމަށް މަޖުބޫރު ކުރުވަން މުއިއްޒު ސިޔާސީ މަގާމުދީފައި ތިބި ގިނަބަޔަކު ނެރުވައިގެން މުއިއްޒު ޓެރެރިޒަމް ހިންގުވުމަކީ މުއިއްޒާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މަޖުބޫރު ކަމެކެވެ. 

ރައީސް ޔާމީނު ވެސް މެންބަރުން ފާރުމަތިން އުކާލާ ކޯޓުން ޓިނުނަގައިގެން ފަނޑިޔާރުން ބޭރުކޮށްލީ ވެރިކަމުގެ ފަހު އަހަރެވެ. މުއިއްޒަށް ދެމަސްވީއިރު ގާނޫނީގޮތުން ހުއްދަ އިދިކޮޅު ހަރަކާތަށް ކެތެއް  ނުވިއެވެ. ވަޒީރުންގެ ތެރެއިން ބަޔަކަށް ރުހުން ނުދޭނެކަން އެނގުނީމާ މަޖިލީސް ހުއްޓުވަން މުއިއްޒު ހިޔާރުކުރީ ނުބައި ނުލަފާކަން ދެއްކުމެވެ. މުއިއްޒުގެ ނުބައި ނުލަފާކަން ދެއްކުމަށް ބޭނުންކުރަނީ ހަށިވިއްކި ގުރުބާން ކަންބަޅިތަކާއި ސިޔާސީ މަގާމު ދީގެން އުޅޭ އަޅުންގެ އަޅުންނެވެ. 

މަޖިލީހުން ރުހުން ދޭނެ މީހަކާއި ދޭން ނުޖެހޭ މީހުން ވެސް އެގެން ޖެހެނީ މުއިއްޒަށެވެ. މުއިއްޒު ކުރާހާކަމަކަށާއި ފޮނުވާހާ މީހަކަށް ރުހުން ދޭނީ މުއިއްޒު ގަނެގެން ގެންގޮސްފައިތިބި އަޅުކުދިންކޮޅެވެ. އިންތިހާބުވާން ފުރުސަތު ދިން ޕާޓީއާއި ވޯޓުދިން މީހުންގެ މޫނުގައި ކޮޅުފައިން ޖަހާފައި ދިޔަ ބަތާ ހަރާމީންގެ ކުރިމަތީައި މަޖިލީހުގެ މެޖޯރިޓީ ކުޑަކަކޫ ޖަހާކަށް ނުޖެހެއެވެ.