ސިޓީތަކުގެ މޭޔަރކަން އެމްޑީޕީން ކަށަވަރުކޮށްފި

ސިޓީތަކުގެ މޭޔަރކަން އެމްޑީޕީން ކަށަވަރުކޮށްފި

މިއަދު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ދިވެހިރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން އެމްޑީޕީން ކަށަވަރުކޮށްފިއެވެ. 

މާލޭ މޭޔަރުގެ މަގާމަށް ހޮވުނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އެވެ. އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ހޮވުނީ މިހާރުގެ މޭޔަރު އަލީ ނިޒާރެވެ. އަދި ކުޅުދުއްފުށީ މޭޔަރުގެ މަގާމު ވެސް މިހާރުގެ މޭޔަރު މުހައްމަދު އާތިފު ދިފާއު ކުރެއްވި އެވެ. 

ފުވައްމުލަކު މޭޔަރުގެ މަގާމަށް ވެސް ހޮވުނީ މިހާރުގެ ވެސް މޭޔަރު އިސްމާއިލް ރަފީގެވެ. ތިނަދޫ މޭޔަރުގެ މަގާމަށް ހޮވުނީ ވެސް މިވަގުތުގެ މޭޔަރު ސައުދު އަލީ އެވެ. 

ނަތީޖާތައް ދައްކާ ގޮތުން ކައުންސިލުގެ ގިނަ ގޮނޑިތައް ވެސް ނެގީ އެމްޑީޕީ އިންނެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ދަނީ ބޮޑުތަނުން ބަލިވަމުންނެވެ.