މަޖިލިސް ވޯޓަށް ބިންވެރިންގެ ކަސޯޓީ މިރޭ!

އުތުރުތިލަ ފަޅުގައި ދަނޑުވެރިކަން ކޮށްފައި މާލޭ މީހުން ފުށިދިއްގަރުފަޅަށް

މަޖިލިސް ވޯޓަށް ބިންވެރިންގެ ކަސޯޓީ މިރޭ!

ޓީވީ ޑްރާމާ ތަކުން ބެލުންތެރިންގެ ހިތް އަތުލާ ސަސްޕންސް އުފައްދާ އިންތިޒާރު އޮލަކުރަން ބެކް މިއުޒިކްއަށް ލާފައި ހުންނަ އިފެކްޓްތައް ދިވެހިން ދަނެއެވެ. ޕަޓަސް ޕަޓަސް ޑަޑަޑަޑަޑަޑަ މިއުޒިކާ އެކު އެކްޓް ކުރާ އެކި މީހުންގެ މޫނަށް ކުއްލި ކުއްލިއަށް ކެމެރާ ޒޫމްކޮށް ކަޓްކޮށް ހަދަނީ ބެލުންތެރިންގެ ޝައުގުވެރިކަން ބޮޑުކޮށް ބެލުންތެރިން ހައްލާށެވެ.

ރިޔާސީ އިންތިހާބު

2023 ގެ ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު ދިވެހިންނަށް ދެއްކި ކަސޯޓީގެ ތަފާތު ޑްރާމާ ތަކުން ބެލުންތެރިންގެ ތާއީދާ ޝައުގުވެރިކަން ބޮޑުވި ހާއްސަ އެޕިސޯޑްތައް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. ރައީސް ޔާމީނަށް ހާއްސަ ހުސްގޮނޑިއާ އެ މަނިކުފާނު މިނިވަން ކުރައްވާ ޑްރާމާއެވެ. އެތައް ހާސް އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރު އަޅައިގެން ތިބި ޑްރާމާއެވެ. އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރުމުގެ ޑްރާމާއެވެ. މާދީނީ ގައުމީކަން ދައްކައިގެން ރައްޔިތުންނަށާއި އެންމެ ގާތް ބައިވެރިންނަށް ވެސް ދެއްކި ޑްރާމާއެވެ. ހުވާ ކުރެއްވާ ރައީސުލްޖުމްހޫރިއްޔާ މުއިއްޒަށް ބަދަލުވެ އެފިލްމު ނިމި ކުލަބަރި އެރިފަހުން އެނގިހާމަވީ ރިޔާސީ ކެމްޕޭނުގައި ދެއްކީ ޑްރާމާ ކަމެވެ.

މަޖިލިސް  އިންތިހާބް 

ކުރިއަށް އޮތީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކަމުގައި ވާތީ އިތުރު މުޅިން އެހެން އާޑްރާމާތައް ޝޫޓް ކުރަން ފަށައިފިއެވެ.

ޖެނުއަރީގައި ވައުދުވީ ގޮތަށް ބޮޑު ނުކުރެވުނު ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑު ކުރުން މަޖިލިސް އިންތިހާބާ ކައިރިކުރި ޑްރާމާ ޝޫޓް ކޮށްފިއެވެ. ޑޭޝް އެއިޓް ދޯނީގައި ބެންކޮކާ ދުބާއީން އާސަންދަ ދީ ކޮންމެ ގެއަކަށް 10 ކިލޯ ކާޑެވެ.

ކޮންމެ މަސްއޮޑިއަކަށް ރެސްކިއު ޑައިވަރެކެވެ. އުތުރުތިލަ ފަޅުގައި ދަނޑުވެރިކަން ކޮށްފައި މާލޭ މީހުން ފުށިދިއްގަރުފަޅަށެވެ.

މިރެއަކީ ބޮޑު ރެއެކެވެ. ބިންވެރިޔާ ސްކީމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެސެޖެކޯ އެބަ ކިޔައެވެ. މަޖިލިސް އިންތިހާބް ކައިރިވަމުން އަންނަ އިރު މެސެޖްތައް ގިނަވާނެއެވެ.

ރިޔާސީ އިންތިހާބްގައި ވިދާޅުވި ބަސްފުޅު ތަކުގެ އަޑާ ވީޑިއޯ އާއި އޭގައި ހުރި ދިމާނުވުން ބޭޒާރުވާ ވަރުން މަޖިލިސް އިންތިހާބަށް ބޮލުގެ އެއްޗެއް ހައްދަވަނީ އެހެން މީހުން ލައްވާ މެސެޖް ދެއްވައިގެން ހެއްޔެވެ؟

މަޖިލިސް އިންތިހާބްގައި ރައީސްގެ ފަރާތުން އެހެން މީހުން ލައްވަ މެސެޖް ދެއްވުން ބުއްދިވެރިއެވެ. އޭރުން އެހުރިހާ މެސެޖަކީ ފަހުން ދޮގު ކަމަށް ވީމާ ބުނެވޭނެ ވާހަކައެއް އޮންނާނެއެވެ. އޭރުން ބުނާނީ ތިޔައީ ރައީސް ވިދާޅުވި އެއްޗެއް ނޫނެވެ. ރައީސް އެހެން ވިދާޅުވި އޭގެ އޯޑިއޯއެއް ވީޑިއޯ އެއްވެސް ނުހުންނާނެއެވެ. ތިޔައީ  އެހެން  ބޭފުޅަކު  ދެއްކި  ވާހަކަ  ތަކެކެވެ. 

ދިވެހިންނަށް ދައްކަވާފަ މިއޮތީވާ ފިސާރި ދުވަހެކެވެ.