2023 ގެ އެންމެ މަގުބޫލު މީހާ: ރައީސް ޔާމީން

ރާއްޖޭގައި 2023 ވަނަ އަހަރު 2 ވަނައަށް އެންމެ މަގުބޫލީ ރައީސް ސޯލިހް

2023 ގެ އެންމެ މަގުބޫލު މީހާ: ރައީސް ޔާމީން

2023 ވަނަ އަހަރަކީ ރާއްޖޭގައި އެއްގޮތަށްވުރެ ގިނަ ގޮތް ގޮތުން ފާހަގަ ކޮށްލެވުނު އަހަރެކެވެ. 2023 ނިމެމުން ދާއިރު މި އަހަރު ރާއްޖޭގައި އެންމެ ނަން ހިނގީ ކާކުތޯ ތަފާތު ގޮތްގޮތަށް ހީރަސް ޓީމުން ވަނީ ވަރަށް ބޮޑަށް ހޯދާ ބަލާފައެވެ. މުޅި އަހަރު ހިނގާދިޔަ އެންމެ ގިނަ ކަންކަމާއި ގުޅި ލާމެހިފައިވަނީ ކޮންކޮން ބައެއްގެ ނަމެއްތޯ ބަލާ ދިރާސާ ކުރެވުނެވެ. އެންމެ މަގުބޫލު މީހުން ދެނެގަތުމުގައި ބެލިފައިވަނީ މުޅި 2023އަށެވެ. އަހަރުގެ ވަކި މޫސުމަކަށް ނޫނެވެ. 

2023ގައި އެންމެ މަގުބޫލީ ކޮންބައެއްތޯ ބެލުމަށް ބެލީ ފަސް އަސާސެއްގެ މައްޗަށެވެ. އެގޮތުން ބެލުނު ކަންކަމަކީ:

1. މާސް މީޑިއާގެ ސުރުހީތައް: މާސްމީޑިއާ ސުރުހީ ތަކަށް ބަލަން ކަނޑައެޅީ ޕަބްލިސިޓީއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ ނޫސްތަކުގެ ސުރުހީން ދޭ މެސެޖަކުން ކަމަށް ބެލެވޭތީ ސުރުހީތައް އަމާޒުކޮށްފައި ހުންނަނީ އާއްމުންގެ މަގުބޫލު ކަމަށް ވަރަށް ބޮޑަށް އަމާޒުކޮށް ކަމަށްވާތީއެވެ.

2. މާސް މީޑިއާގެ ހަބަރުތަކުގެ ތަފްސީލް: މީޑިއާގެ ސުރުހީއަކުން އެކަނި ހަބަރެއްގެ ހަގީގީ މަންޒަރު ސިފަ ނުވާނެތީ ހަބަރުތަކާ މައުލޫމާތުތައް ގެނެސްދީފައިވާ ގޮތާއި ތަފްސީލްތަކުން ކާކަކީ ކާކުކަން ދެނެގަތުމަށް މަގުފަހިވިއެވެ.

3. އާއްމު އެއްވުންތަކުގައި ތާއީދު އޮތްގޮތް:މުޅި އަހަރުތެރޭގައި ބޭއްވިފައިވާ އެއްވުންތަކުން މީޑއާ ކަވަރޭޖް ލިބިފައިވާ އެއްވުންތަކާއި އެ އެއްވުންތަކުގެ ރޫހު ހުރިގޮތް ދެނެގަތީމެވެ.

4. ސޯސަލް މީޑިއާގައި ތާއީދު އޮތްގޮތް: 2023 ވަނައަހަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތް ތަކުގައި އެންމެ ގިނައިން ތާއީދުކޮށް ނަންކިޔެފައި ހުރީ ކޮންކޮން ބައެއްގެތޯ ބަލައިގެންވެސް ވަޒަން ކުރީމެވެ. އެގޮތުން ޓްވިޓަރ، އެފްބީ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ދިރާސާ ކުރެވުނެވެ.

5. ރެންޑަމް ސާވޭ: މުޅި ރާއްޖޭގެ އެކި ހިސާބުން ތަފާތު އުމުރުގެ 5000 މީހުންގެ ރައުޔު މި ހިގާ ޑިސެމްބަރ މަހުގެ ތެރޭގައި ހޯދީމެވެ. 

ބަޔާންވެ ދިޔަ އަސާސްތަކުގެ މަތީގައި ކުރެވުނު މަސައްކަތުން 2023 ވަނަ އަހަރު ރާއްޖޭގައި އެންމެ މަގުބޫ ހަތަރު ބޭފުޅަކު ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ދެ ބޭފުޅަކު ތިން ވަނައަށް އެންމެ މަގުބޫލުކަން ހޯއްދަވާފައިވެއެވެ.

  • 2023 ވަނަ އަހަރު ރާއްޖޭގައި ތިން ވަނައަށް އެންމެ މަގުބޫލު ދެ ބޭފުޅުންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. 
  • 2023 ވަނަ އަހަރު ރާއްޖޭގައި 2 ވަނައަށް އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. 
  • 2023 ވަނަ އަހަރު ރާއްޖޭގައި އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމެވެ.

2023 ގައި ރާއްޖޭގައި އެންމެ މަގުބޫލު ބޭފުޅުން:

1- ރައީސް ޔާމީނު   %32.2

2- ރައީސް ސޯލިހު  %29.2

3. ރައީސް ނަޝީދު   %12

3. ރައީސް މުއިއްޒު   %12 

2023 ވަނަ އަހަރު ރާއްޖޭގައި އެންމެ މަގުބޫލީ ކޮންބައެއްތޯ ބެލި ބެލުމުން ނިކުތް ނަތީޖާ ވަރަށް ސާފެވެ. އިންސާފުވެރި ލޮލަކުން ބަލާލުމުން މުޅި އަހަރު ތެރޭގައި އެންމެ މަގުބޫލީ ކޮންބައެއްކަން އެނގިގެން ދެއެވެ.

  • މާސް މީޑިއާގެ ސުރުހީތައް: ފަލަސުރުހީ ހޯއްދަވާފައިވާ ތިން ބޭފުޅުންނަކީ މިއޮތީއެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު %33
  • ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމް %28
  • ރައީސް މުހައްމަދު ނަޝީދު %25
  • މާސް މީޑިއާގެ ސުރުހީހަބަރުތަކުގެ ތަފްސީލްތައް: މާސް މީޑިއާ އެންމެ ބޮޑު ކަވަރޭޖެއް ހޯއްދަވާފައިވާ ތިން ބޭފުޅުންނަކީ މި ތިއްބެވީއެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު %33
  • ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމް %25
  • ރައީސް މުހައްމަދު މުއިއްޒު %15
  • އާއްމު އެއްވުންތަކުގައި ތާއީދު އޮތްގޮތް: އާންމު އެއްވުންތަކުގައި އެންމެ ބޮޑު ތާއީދެއް އޮތް ތިން ބޭފުޅުންނަކީ މިދަންނަވަނީއެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު %35
  • ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމް %33
  • ރައީސް މުހައްމަދު މުއިއްޒު %25 
  • ސޯސަލް މީޑިއާގައި ތާއީދު އޮތްގޮތް: ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ހިނގީ މިދަންނަވާ ތިން ބޭފުޅުންނެވެ. 
  • ރައީސް އަބްދުއްލާ ޔާމީނު އަބްދުލް ގައްޔޫމް %40
  • ރައީސް މުހައްމަދު ނަޝީދު %35
  •  ރައީސް އިބްރާހީމް މުހައްމަދު ސޯލިހު %15
  • ރެންޑަމް ސާވޭ: އާންމުންގެ ތެރޭގައި އެންމެ މަގުބޫލު ތިން ބޭފުޅުން ވެސް ބައްލަވާ ލައްވާށެވެ. 
  • ރައީސް ޔާމީން %35
  • ރައީސް ސޯލިހު %30
  • ރައީސް މުހައްމަދު މުއިއްޒު 20%