އެމްޑީޕީ ރަންރީދޫ ލަޝްކަރު ތިބޭނީ ގަދަކޮށް: ޝާހިދު

އެމްޑީޕީ ވަނީ އުފަލާ ހިތާމަ ކާމިޔާބާ ނާކާމިޔާބު ތަޖުރިބާ ކޮށްފަ

އެމްޑީޕީ ރަންރީދޫ ލަޝްކަރު ތިބޭނީ ގަދަކޮށް: ޝާހިދު

‏އެމް ޑީ ޕީ އަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރައްޔިތުންގެ އުންމީދުތައް ޙާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ޕާޓީ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ 12 މެންބަރަކު އެމްޑީޕީ ދޫކުރައްވާ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެން ވަގުތުގައެވެ. 

އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަން މިއަދުވެސް ހަނދާން ކުރާކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. 

ޝާހިދު ވިދާޅުވީ "އަޅުގަނޑުމެންގެ ޕާޓީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި ނާކާމިޔާބީ ވެސް ތަޖްރިބާ ކޮށްފައި" ކަމަށެވެ. 

މިދަނޑިވަޅަކީ އަނެއްކާވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި. ޤައުމުގެ ޙައްޤުގައި ސާބިތުވެ ތިބެންވީ ވަގުތު ކަމަށާއި އައު އުންމީދުތަކާއި އައު ލަނޑުދަނޑިި ތަކަކާއި އެކު ނިކުންނަންވީ ދަނޑިވަޅު ކަމަށް ޝާހިދު ވިދާޅުވިއެވެ. 

އެމް ޑީ ޕީ ގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރު ބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެން. ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

" ހޫނުން ކެކި ހީނަރުވެދިޔަސް ބަލިވެ ބައެއްގަސް

ހޫނުން ހަމަ ތިޔަދޭށެ ދިރުން އާވެ ހަޔާތުން 

އުންމީދުގެ އަލިކަން މިގެނައި ކޮންމެ ޝުޢާއެއް 

އުންމީދު އުފައްދައިފިޔެ އުންމީދުގެ ސިއްރުން"

ކަމަށް އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓް ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ.