މެމްބަރު ޔާސިރު އަނެއްކާ އެމްޑީޕީ އަށް

ކުޅުދއްފުށީގެ މޭޔަރު މުހައްމަދު އާތިފު ވެސް ގުޅުނު

މެމްބަރު ޔާސިރު އަނެއްކާ އެމްޑީޕީ އަށް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ދަ ޑިމޮކްރެޓްސް ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

މެމްބަރު ޔާސިރު އެމްޑީޕީ އަށް ސޮއިކުރެއްވީ ސޯލްޓް ކެފޭގައި އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ޔާސިރު އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ޔާސިރުގެ އިތުރުން ކުޅުދއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ސިޓީ ކައުންސިލްގެ މެމްބަރުން ވަނީ މިރޭ ވަނީ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީއާ ގުޅިވަޑަައިގެންފައެވެ. އެ މެމްބަރުން ގުޅިވަޑައިގަތުމާއެކު ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ވަނީ އެމްޑީޕީ އަށް ލިބިފައެވެ.

ޔާސިރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުން މިފަހުން އޭނާ ފެނިފައެއް ނުވެއެވެ.

ޔާސިރު އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެެއް ކަން ފާހަގަކޮށްލެވެއެވެ.