ބޮޑުކުރި ޖީއެސްޓީއާ، ކޮތަޅު -/2ރ. އުވާލަނީ.

ނޮވެމްބަރ 11 ގެ ކުރިން އުވާލުމަށް މިހާރު ވަނީ ނިންމާފަ

ބޮޑުކުރި ޖީއެސްޓީއާ، ކޮތަޅު -/2ރ. އުވާލަނީ.

ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ސަރުކާރު 2 ވަނަ ދައުރަކަށް ހޮވަން ބޭނުންނުވި ސަބަބުތަކެއް ހުއްޓެވެ. އެގޮތުން ޖީއެސްޓީ ބޮޑުކުރުމާ ބާޒާރު ކޮތަޅުން -/2 ރުފިޔާ ނަގަން ނިންމުމަކީ ސަރުކާރާ މެދު ނުރުހުނު ރައްޔިތުން އެންމެ ބާރަށް ދެއްކި އެއްވާހަކައެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު ނެގި ވޯޓްގައި ރައްޔިތުންގެ 54 ޕަސެންޓް ރައީސް ޞޯލިޙަށް ނޫނެކޭ ބުނި ސަބަބު ތަކުގެ ތެރޭގައި ޖީއެސްޓީ ބޮޑު ކުރުމާ ކޮންމެ ބާޒާރު ކޮތަަޅަކުން -/2 ރުފިޔާ ނެގުން ހިމެނެއެވެ.

ރައްޔިތުންގެ އިންތިޚާބުގެ ވޯޓް ނިމުނަސް ރައީސް ޞޯލިޙްގެ ރިޔާސީ ދައުރު އަދި ނުނިމެއެވެ. އަންނަ ނޮވެމްބަރ 11 އާ ހަމައަށް ވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ޞޯލިޙެވެ. 

ރައްޔިތުން އެދޭ ގޮތް ސާފުވުމުން އެގޮތަށް އަމަލު ކުރެއްވުމަކީ ވެރިކަމުގެ މަސްއޫލިއްޔަތު ދެމިއޮތްހާ ހިނދަކު ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެކެވެ.

ސަރުކާރުގެ މަސްއޫލްވެރި ފަރާތެއް ވިދާޅުވި ގޮތުގައި އިންތިޚާބްގެ ނަތީޖާއަށް ރިޢާޔަތް ކުރައްވާ ކޮތަޅުން ނަގާ 2 ރުފިޔާ ނެގުން ހުއްޓާލުމާ އެކު، ބޮޑުކުރި ޖީއެސްޓީ ނޮވެމްބަރ 11 ގެ ކުރިން އުވާލުމަށް މިހާރު ވަނީ ނިންމާފައެވެ.