ޖަމީލަށް: ހިނގާ ދިހައަހަރު ރައީސް ސޯލިހަށް
2018 ހިންގަވަން ފެއްޓެވި ވެރިކަން ދިހައަހަރު ދުވަހު ކޮއްދެއްވުމަށް ރައްޔިތުން ބޭނުންވޭ
ރައީސް 2018އިން ފެށިގެން 10 އަހަރު ވެއްޖެކަމަކަށް ވިދާޅެއް ނުވެއެވެ. ރައީސް ވިދާޅުވީ 2018 އިން ފެށިގެން ހިނގާ ދިހަ އަހަރުގެ ވާހަކައެވެ. އެ ވިދާޅުވާ 10 އަހަރު ހަމާވާނީ 2028ގައެވެ. ރައީސް ކެމްޕެއިން ކުރައްވަމުން އެގެންދަވަނީ އެ ވިދާޅުވާ 2018 ނޮވެންބަރ 11 އިން ފެށިގެން ހިނގާ ދިހަ އަހަރުގެ ފަހުބައި ހޯއްދެވުމަށެވެ.
ދިވެހި ބަސް ރަނގަޅަށް ނޭނގޭ ގަމާރަކަށް ރައީސް ވިދާޅުވާ އެއްޗެއް ނޭނގުމަކީ ރައީސް ގެ މައްސަލައެއް ނޫނެވެ. ފޯއްމުލަކު ޖަމީލު ގަޅިކަމުން ރައީސް ވިދާޅުވާ އެއްޗެއް ނޭނގި މީސްމީޑިއާގައި ޓްވީޓްކުރުމުގެ ކުރިން ދިވެހި ބަސް ދަސްކުރިއްޔާ މާ ތާހިރު ވާނެއެވެ. ރައީސް ވިދާޅުވީ އަންނަނިވި އިބާރާތުންނެވެ. "އަޅުގަނޑު މިދެންނެވި ކަންތަތަކުގެ ހެޔޮ ނަތީޖާ ދިހަ އަހަރުން، 2018 އިން ފެށިގެން ދިހަ އަހަރުން، އަޅުގަނޑުމެން ވެރިކަމާއި ހަވާލުވިފަހުން މިހިނގާ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ދެގުނަ ކުރުން، އިރާދަކުރެއްވިއްޔާ އެމަންޒަރު ތިބޭފުޅުންނަށް ފެނިގެން ދާނެ." އެވެ.
ވިދާޅުވި އެތި ވަރަށް ސާފެވެ. އެ ވިދާޅުވީ "އަޅުގަނޑު މިދެންނެވި ކަންތަތަކުގެ ހެޔޮ ނަތީޖާ ދިހަ އަހަރުން" ފެންނާނެ ކަމަށެވެ. އެ ވިދާޅުވާ އެއްޗަކީ " 2018 އިން ފެށިގެން ދިހަ އަހަރުން" ފެންނާނެ ކަމަށެވެ. ވިދާޅުވި ބަސްފުޅު އިތުރަށް ސާފުވެގެން ދަނީ " އަޅުގަނޑުމެން ވެރިކަމާއި ހަވާލުވިފަހުން މިހިނގާ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ދެގުނަ ކުރުން" ކަމަށް ވުމުންނެވެ. "އިރާދަ ކުރެއްވިއްޔާ އެ މަންޒަރު ތިބޭފުޅުންނަށް ފެނިގެން ދާނެ." ކަން ކަށަވަރުކޮށް ދެއްވަމުން ދެއްވި މެސެޖަކީ 2018 ގައި ހިންގަވަން ފެއްޓެވި ވެރިކަން ދިހަ އަހަރު ދުވަހު ކޮއްދެއްވުމަށް ރައްޔިތުން ބޭނުންވެފައި ތިބިވަރެވެ.
ރައީސްގެ ރިޔާސީ ކެންޕޭނުގައި ރައީސާއެކު ރާއްޖޭގެ ރައްޔިތުން އަތުގުޅަލައިގެން ތިބިތަން ފެންނަ ވަރަކަށް ދެކޮޅުވެރީން ބުއްދި ރަންވާނެއެވެ. ކެކިއަރާ ނަފުރަތުގެ އުދާސްތައް ބަންޑުން ކުރާނީ ސޯސަލް މީޑިއާ އަށެވެ. އެއް ދުވަހު ބުނާނީ ނުކިޔަވާ ހުރި ވާހަކައެވެ. އަނެއް ދުވަހު ބުނާނީ ލިޔަންކިޔަން ނޭނގޭ ވާހަކައެވެ. ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން މޮޔަގޮވުން ނޫންކަމެއް ސިޔާސީ ގޮތުން ޖަމީލު މެނަކަށް ނުފެނެއެވެ.
ޒިންމާދާރު ސިޔާސީ ރައްދެއް ދޭން ނޭނގި ރައްޔިތުންގެ ތެރޭގައި ރައީސަށް އޮތް ލޯޓްބާއި އިހުތިރާމް ކުޑަނުވެ ބޮޑުވަމުން ދާވަރަކަށް އިދިކޮޅުވެގެން ގޮވެނީ ކޮހެވެ. ބޮލަށް ލައިގެން ރައީސް ސޯލިހާ ދެކޮޅަށް ވިއްކަން ނުކުތް އެއްވެސް އެއްޗެއް ނުވިކި ޑަސްބިން ކުރަން ޖެހުނީމާ ޓްވީޓެއް ކޮށްލައިގެން ވެސް ނިދާލެވޭތޯ ބަލަން ވާނެއެވެ.