2022 ވަނަ އަހަރު އެސްޓީއޯގެ ސާފު ފައިދާ 742 މިލިއަން ރުފިޔާ
2022 ވަނައަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީ: 18.2 ބިލިއަން ރުފިޔާ
2022 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި މިންވަރަކީ 2021 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 486 މިލިއަން ރުފިޔާއަށް ވުރެ %52.6 ބޮޑު ފައިދާއެކެވެ.
ހުސްވި 2022 ވަނަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯގެ ހިސާބުތަކުން ދައްކައެވެ.
2022 ވަނަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.2 ބިލިއަން ރުފިޔާއެވެ. މިއަދަދަކީ 2021 ވަނަ އަހަރު އެސްޓީއޯއަށް ލިބުން ޖުމްލަ އާމްދަނީއަށްވުރެ %79 ބޮޑު އަދަދެކެވެ. ޖުމްލަ އާމްދަނީގެ ގޮތުގައި 2021ގައި އެސްޓީއޯއަށް ލިބުނީ 10.2 ބިލިއަން ރުފިޔާއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން 2022 ވަނަ އަހަރު ކުރި ވިޔަފާރީގެ ފައިދާއިން ބަހަން ނިންމާފައިވަނީ ޙިއްޞާއަކަށް 77 ރުފިޔާއެވެ. ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރު ހިއްސާއަކަށް ބަހަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި އަދަދަކީ ކުރީ އަހަރަށް ވުރެ -/12 ރުފިޔާ ބޮޑު އަދަދެކެވެ.
ކުރީ އަހަރު އެސްޓީއޯގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ބަހާފަނީ -/65 ރުފިޔާއެވެ. 2020 ވަނަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ހިއްސާގެ ފައިދާ ބެހޭނީ އެސްޓީއޯގެ އަހަރީ ޢާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ފާސްވުމުންނެވެ. ފަހުއެވެ. އެސްޓީއޯއިން އަންނަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ތައްޔާރު ވަމުންނެވެ.