އާސަންދައިން ރައްޔިތުން ބޭސްކުރާތީ ސައީދު ރަތަށް
ތުރަކުނު ސައީދަކީ ބައި ދިވެއްސެއް
މާވަރުގަދަ އެކޮނޮމިސްޓެކެވެ. ޔާމީނަށް ވުރެ އެކޮނޮމިސްޓްކަން ބޮޑެވެ. ނަމެއްގައި ވަޒީރުކަން ދީގެން ޔާމީނު ގެންގުޅުނީތީ މިހާރު މާ ފުޅާ ވިޔަކަސް ވަޒީރު ކަމުގައި ވީއެއް ނުވިއެއް މި ކަލޭގެއަކަށް ނޭގެއެވެ. ދައުލަތް ދަވާލަން ޔާމީނު އުޅުނު އިރު ވަޒީރުކަން ދީފައި އަތްގާތް ކޮށްދޭން ގެންގުޅުނު ފިނިފެންމާ މިހާރަކު މާވަރަކަށް މި ފުއްޕަނީ ކީއްވެކަން އެނގޭ ހެއްޔެވެ.
ރައްޔިތުންގެ ކަންކަމަށް މާ އިސްކަމެއް ދޭ މީހަކަށް ވެގަނެގެން މި ކުރާ ކަމަކީ ޕީޕީއެމް ތެރޭގައި މަޝްހޫރުކަން ހޯދުމެވެ. ހިތުން މާ މޮޅު މީހެކޯލައެވެ. ނުބެހޭ ކަމެއް ނޭނގޭ ކަމެއް ނެތެވެ. ދޮގުމައްޗަށް ދޮގުހަދައިގެން ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް ނުކުރެއެވެ.
މާވަށު ދާއިރާގެ މީހުން ނަޖިސް ފެނުން ފެންވެރިޔަސް ލަފާ ނުފުރުނަސް ކަރަންޓް ނެތަސް އޭނާއަށް ވަރިހަމަތާއެވެ. އޭނާ ހުންނާނީ މީރު ފެނުން ފެންވަރައިގެން ބަނޑުފުރާކައިގެންނެވެ. އޭނާގެ އަނތްބަކު ދަރިއަކު ދުރުތާ ތިމާގެ މީހަކުވެސް އެ ދާއރާގައި އުޅޭނީއެއް ނޫންވިއްޔާއެވެ. ޕީޕީއެމް ރިޔާސީ ޓީކެޓަށް ފައިނަގައިގެން މަޖިލީހުގައި ފޮނު އަރުވަން ހުންނަން ވީތާއެވެ.
މާތްކަލާކޯއެވެ. ދިވެހިރާއްޖޭގެ ވެރިކަމަށް ފައިނަގައިގެން ނެގިނެގިފަ ޖެހޭ އިރު މިއްޔަކީ ފުރިހަމަ ދިވެއްސެއް ވެސް ނޫނެވެ. ކުރީ ސަފަށް ނިކުމެ އިންޑިއާ އައުޓް ގޮވަން ޔާމީނު ކައިރީގައި މިހުންނަނީ އިންޑިޔާ މީހަކަށް ކާފަކިޔާ ބައި ދިވެއްސެކެވެ. އިންޑިއާއަށް ވެސް ނުތަކައިގެން ފިލައިގެން އައިސް އުލިގަމުގައި ތެޅެބާލަނިކޮށް ދިމާވި ތުރާކުނު އަންހެނަކާ އިދެގެން އުޅުނު ދެކުނު އިންޑިޔާ މީހަކަށް ކާފަކިޔާ މަރުދޮޅިއެކެވެ.
އަމިއްލަ ހަށީގައި ދިވެ ލޭ ނުހިނގާ މީހަކަށް ވެވޭނީ ކޮން ގައުމީ ލޯތްބެއްޔެވެ. އިންޑިއާ އަކަށް ވެސް ރާއްޖެ އަކަށް ވެސް ނަމުން ތުރާކުނު ސައީދު ހެވެއް ނޭދޭނެއެވެ. ދިވެހިންގެ މައްޗަށް ކުލުނެއް ކުޑަކޮށް އޮތް ނަމަވެސް ދިވެހި ރައްޔިތުން އާސަންދައިން ބޭސް ކުރާތީ ހުޢްޓާނުލާ ތައްޔެއް ނުތަޅާނެއެވެ. ސިޔާސީ ގޮތުން ސަރުކާރު ބަދުނާމު ކުރާނަމޭ ހިތާ މި ކިޔަނީ ދިވެހި ރައްޔިތުން އާސަންދައިން ބޭސްކުރާ ވާހަކައެވެ.
ބަލި ހާލުގައި އުޅޭ ރައްޔިތުންނަށް އާސަންދައިން ބޭސްކޮށް ދޭތީ ތުރާކުނު މުހައްމަދު ސައީދާ ޕީޕީއެމް އިސް މީހުން މި އަރަނީ ހާދަ ރުޅިއެކެވެ. ބޭސް ފަރުވާއަށް ބޭނުންވެފައިވާ ބަލިމީހާއަށް ވުރެ ދައުލަތުން ހަރަދު ކުރަން މުހިންމު އެހެން ކަމެއް ނުއޮންނާނެއެވެ. ދަރާވިކިގެން ވެސް ރައްޔިތުންނަށް ބޭސް ފަރުވާ ކޮށްދޭން ޖެހޭނެއެވެ.
މަހަކު ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ކޮންމެ މީހަކަށް ދައުލަތުން ހަރަދުކޮށްގެން ސަރުކާރާ ރައްޔިތުންނަށް ފުރައްސާރަ ކުރަން މަޖިލީހަށް ވަދެތިބެ ދައުލަތުން ތިޔަ ކުރުވަނީ ކޮންފަދަ ބޮޑު އިސްރާފެއް ހެއްޔެވެ. ރައްޔިތުންނަށް ލުއިފަސޭހައެއް ހޯދާ ނުދެވޭތާ ރައްޔިތުންނަށް އާސަންދައިން ބޭސް ފަރުވާ ކުރެވޭތީ އެކަން ހުއްޓުވަން ނުފުމޭށެވެ.