ހިފެހެއްޓުމެއް ނެތް ތާއީދު ރައީސް ސާލިހަށް
ރ. އަތޮޅުން ތަފާތު ދައްކާނެ
ރ. އަތޮޅުގެ ރައްޔިތުންގެ ތާއީދު ރައީސް ސާލިހަށް ހޮއްދަވަ ދެއްވުމަށް އެ އަތޮޅު ރައްޔިތުންގެ މަޖިލީސްގެ ގިނަ މެންބަރުން ތިއްބެވީ އަތު ގުޅާ ލައްވައިގެނެވެ. އުނގޫފަރު ދައިރާގެ މެންބަރު ވައްދެއާއި މީދޫ ދައިރާގެ މެންބަރު އާދަމް ޝަރީފު އުމަރުމެން ކިތަންމެ އިދިކީލި ވިޔަސް މުޅި ރ. އަތޮޅުހެން ތިބީ ރައީސް ސާލިހުގެ ފަހަތްޕުޅުގައެވެ. އަލިފުށި ދައިރާގެ މެންބަރ ބިގޭއާއި ދުވާފަރު ދައިރާގެ މެންބަރ އިއްސެއާއި އިނގުރަދޫ ދާއިރާގެ މެންބަރު ހަސަންޓޭ ހުންނެވީ ތަފާތު ދައްކަވަން އެއްރޮއްޖަށް ފޫގަޅުއްވައި ގެނެވެ. އެ ބޭފުޅުންގެ ޖޯޝާ ފޯރި ދިމާލަށް އެހުރީ ފެންނާށެވެ.